https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އިންޑިއާގެ ކާފަރުން ސެކިއުލަރ ބިލު ދިފާޢުކުރަން ހެދި ޕެޓިޝަނުގައި ސޮއިކުރަން ފަށައިިފި

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jun 20, 2021
  • 1 min read


ޤާނޫނުލްޢުޤޫބާތުގައި ހިމެނޭ ނަފްރަތުގެ ޢަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ދިފާޢުކުރަން އެކުލަވައިލައިފައިވާ ޕެޓިޝަނުގައި ކާފަރުން ވެސް ސޮއިކުރަން ފަށައިިފިއެވެ.


ޕެޓިޝަނުގެ ލިންކް ހިއްސާކުރައްވައި ރައީސް ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ، ނަފުރަތު އުފެއްދުމުގެ މަޤުސަދުގައި މީހުންގެ ބޮލުގައި ލާދީނީ ލޭބަލް އެޅުވުން ޖިނާއީ ކުށަކަށް ހަދަންޖެހޭ ކަމަށް ތާއީދުކުރައްވާކަމަށް ވިދާޅުވެ، ޕެޓިޝަނުގައި އެންމެން ވެސް ސޮއިކުރަން އެދިވަޑައިގަންނަވާކަން ހާމަކުރައްވައިފައެވެ. މިހާތަނަށް އެ ޕެޓިޝަނުގައި 1300 އަށްވުރެ ގިނަ ބިދޭސީން ހިމެނޭއިރު، އޭގެތެރޭގައި އިންޑިއާ މީހުން ވެސް ހިމެނެއެވެ.



ޕެޓިޝަނުގެ މަޤްސަދަކީ މީހުންނާއި ދިމާއަށް ލާދީނީ ކިޔުމާއި، ކާފަރަށް ގޮވުން ހުއްޓުވުންކަމަށް ބުނެފައިވާއިރު، އަނެކުން ލޭބަލްކޮށް ވާހަކަ ދެއްކުމުގެ ސަބަބުން ވޭތުވެދިޔަ 10 އަހަރުގައި ލޭއޮހޮރުވުންތައް ހިނގައި އެތައްބައެއްގެ ދިރިއުޅުން ނުރައްކަލަށް ހުށަހެޅިފައިވާކަން ފާހަގަކޮށްފައިވެއެވެ. އެ ގޮތުން ރައީސް ނަޝީދު އަވަހާރަކޮށްލަން ހުސްވި މެއިމަހުގެ 06 ވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓު ހަމަލާއަކީ ހަރުކަށި ވިސްނުން ހައްދުފަހަނައަޅައި ގޮސްފައިވާކަމުގެ މިސާލެއްކަމަށް ވެސް ބުނެފައިވެއެވެ. މި ޕެޓިޝަނުގައި ސޮއިކުރަމުންދާއިރު، ބިލު މަޖިލީހުން ބޭރުކުރަން ގޮވައިލައި ޕެޓިޝަނެއްގައި ވަނީ ސޮއިކުރަން ފަށައިފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page