https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އިންޑިއާ އިން ޓީޗަރުން ގެނައީ ހިންދޫ ބަސް ކިޔަވައިދޭން- އެޑިއުކޭޝަން

  • މާހިރު މުޙައްމަދު
  • Jun 23, 2021
  • 1 min read


ބައެއް މާއްދާތާ ކިޔަވައިދިނުމަށް އިންޑިއާ އިން ޓީޗަރުން ގެނެސްފައިވަނީ ދިވެހ ޓީޗަރުން އެ މަގާމުތަކަށް ނުލިބުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.


އިންޑިއާގެ ކެރެލާ އިން ވަނީ ފަސް އަރަބި ޓީޗަރުންނާއި، ފަސް ގުރުއާން ޓީޗަރުން ރާއްޖޭގެ 9 ސްކޫލެއްގައި ކިޔަވައިދިނުމަށް ގެނެސްފައެވެ. މި ޓީޗަރުން ގެނެސްފައިވަނީ އިންޑިއާގެ ސަރުކާރުން ސްޕޮންސަރ ކޮށްފައިވާ އެގައުމުގެ ރެކްރޫޓްމަންޓް އެޖެންސީއެއް ކަމަށްވާ ނޯކާ ރޫޓްސް މެދުވެރިކޮށެވެ.


އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެ ޓީޗަރުންނަކީ އެ މާއްދާތައް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާންކޮށް ޓީޗަރުން ލިބިފައި ނުވާ މަގާމުތަކަށް ޓީޗަރުން ހޯދުމަށް އެކި ގައުމުތަކުގެ ހައިކޮމިޝަންތަކުގައި އެހީތެރިކަމަށް އެދުމުން އެ އެޖެންސީން މިދިޔަ އަހަރުގެ ރެކްރޫޓްކޮށްފައިވާ ޓީޗަރުން ކަމަށެވެ.


އަދި މިޓީޗަރުން ރެކްރޫޓް ކުރުމުގެ ކުރިން މި ދާއިރާއިން ރާއްޖޭގެ މުދައްރިސުން ތަމްރީނުކުރާ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނާއި ވެސް ވާހަކަ ދެކެވި، މުދައްރިސުންގެ ދަތިކަން ހުރި ރަށްތަކަށް ދެވޭނެ ފަރާތްތައް ލިބޭތޯ މަސައްކަތް ކުރެވިފައިވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.


"ނަމަވެސް ޓީޗަރުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން އެ ފުރުސަތު ވަނީ ބިދޭސީ މުދައްރިސުންނަށް ދެވިފައެވެ" އެ ބަޔާނުގައި ވެއެވެ.


މި މަގާމުތަކަށް ދިވެހި ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި އަދި ދިވެހި މުދައްރިސެއް ލިބޭ ނަމަ ލޯކަލައިޒް ކުރުމުގެ ޕޮލިސީގެ ދަށުން އެ މަގާމުތަކަށް ދިވެހިން އައްޔަން ކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page