އިންޑިއާއިން ރާއްޖެއަށް ޤުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުން ފޮނުވައިފި
- ޙުސައިން އަޙުމަދު

- Jun 21, 2021
- 1 min read

ރާއްޖޭގެ ސްކޫލުތަކުގައި އަރަބި ބަހާއި ޤްރުއާން ކިޔަވައިދޭނެ ޓީޗަރުން ގެންނަން ދިވެހި ސަރުކާރުން އިންޑިއާއާއިއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ޓީޗަރުން ރާއްޖެ އައިސްފިއެވެ.
މިކަމާއި ގުޅިގެން އިންޑިއާގެ ނޫހަކުން ބުނެފައިވަނީ، އިންޑިއާއިން ރާއްޖެއަށް ޓީޗަރުން ފޮނުވަނީ ރާއްޖޭގެ ހެލްތު މިނިސްޓްރީއާއި އިންޑިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
ނަމަވެސް ފުރަތަމަ ބެޗުގައި ފޮނުވީ ކިހާ އަދަދެއްގެ ޓީޗަރުންނެއް ކަމެއް އެނޫހުގައި ހާމަ ކޮށްފައި ނުވެއެވެ.
ރާއްޖެއަށް އިންޑިއާއިން އަރަބި އަދި ޤުރުއާން ޓީޗަރުން ފޮނުވުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް ކުރެއްވި ޓުއީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ކޮލެޖް ޔުނިވަރސިޓީ ތަކުން ޤާރީ ކޯހާއި އަރަބި ކޯސްތައް ހަދާފައިވާ ފަރާތްތަކުން ވަޒީފާ ނުލިބިގެން އުޅޭ އިރު، ބިދޭންސީން ގެނެސް ޤުރުއާނާއި އަރަބި ބަސް ކިޔަވައިދިނުން މިއީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.








Comments