https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އަންމަޓީ ދޫކޮށްލަން ކުރި ޢަމުރު، ޕީޖީން ހައިކޯޓުގައި އިސްތިއުނާފުކުރަނީ

  • Writer: Goal mv
    Goal mv
  • Jun 17, 2021
  • 1 min read



ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އަންމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނިލް ކޯޓުން މިއަދު ކުރި ޢަމުރު، ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރަން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.


ސީލައިފް ކުންފުނިން ހައުސިން މަޝްރޫޢެއް ހިންގުމަށްކަމަށް ބުނެ ގިނަ ބަޔަކު އަތުން ފައިސާާނަގައި, އެ ފައިސާއަށް ޚިޔާނަތްތެރިވިކަަމަށް ތުހުމަތުކުރެވިފައިވާ ވ.ތިނަދޫ / ރެޑް ހައުސިންގ އަޙްމަދު މޫސާ މުޙައްމަދު (އަންމަޓީ) ބަންދުން ދޫކޮށްލީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.


ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ވަނީ ޝަރީޢަތް ނިމެންދެން އަންމަޓީ ބަންދުގައި ބެހެއްޓުމަށް އެދިފައެވެ.


ސަބަބަކީ މީގެ ކުރިން ވެސް އޭނާ ޝަރީޢަތަށް ހާޒިރުވެފައިނުވާތީއާއި، ފިލައިގެން ދިއުމުގެ ފުރުސަތު އޮތުމާއި، ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމާއި، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުންކަމަށް ދަޢުލަތުން ބުނެފައިވެއެވެ.


ނަމަވެސް ކޯޓުން ވަނީ ރާއްޖެއިން ބޭރަށް ނުދެވޭ ގޮތަށާއި, މާލެއިން ބޭރަށް ނުދެވޭ ގޮތަށް އޭނާއަށް ޝަރުތުކުރުމަށްފަހު ބަންދުން ދޫކޮށްލައިފައެވެ.


ކްރިމިނިލް ކޯޓުގެ މި ނިންމުމާމެދު ހިތްހަމަނުޖެހޭތީ ޕީޖީން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ނިންމައިފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page