https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އެންމެ ފަހުން އަލިފަކަށް ހަދައި މޯލްޑިވްސް ގޭހުގެ އެމްޑީގެ ސަސްޕެންޝަން އުވައިލައިފި

  • Writer: Goal mv
    Goal mv
  • Jun 21, 2021
  • 1 min read


މަނީ ލޯންޑާރ ކުރެއްވިކަމުގެ ތުހުމަތާއި ގުޅިގެން ސަސްޕެންޑްކުރި، މޯލްޑިވްސް ގޭސްގެ މެނޭޖިންގ ޑިރެކްޓަރު ޝަޒައިލް ޝިޔާމްގެ ސަސްޕެންޝަން އުވައިލައިފިއެވެ.


ޝަޒައިލްގެ މައްޗަށް ކުރެވުނު ތުހުމަތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ފުރަތަމަ ބަލަންފެށީ މި ސަރުކާރުގެ ޒީރޯ ޓޮލަރެންސް ޓު ދަ ކޮރަޕްޝަން ސިޔާސަތުގެ ދަށުން އެކުލަވައިލައިފައިވާ ޕޯޓަލްއަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެންނެވެ. އެ ގޮތުން އެ ޕޯޓަލްއަށް ހުށަހެޅި ރިޝްވަތާއި ކޮރަޕްޝަންގެ މައްސަލަތަކެއް ތަޙްޤީޤުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އޭސީސީގައި އެދުމުން އެ މައްސަލަ ތަޙްޤީޤުކުރިއެވެ. އެ މައްސަލައާއި ގުޅިގެން ޝަޒައިލް ސަސްޕެންޑްކުރީ 2019 އަހަރު އޮކްޓޫބަރު 16 ގައެވެ.


ނަމަވެސް އޭނާގެ ކޮރަޕްޝަންގެ މައްސަލައެއް ނެތްކަމަށް އޭސީސީގެ ތަޙްޤީޤަށް ފާހަގަވެފައިވާތީ، އެ މުއައްސަސާއިން މޯލްޑިވް ގޭހަށް ވަނީ އެކަން އަންގާފައެވެ. އެ ގޮތުން މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޝަޒައިލްގެ ސަސްޕެންޝަން އުވައިލައި އަލުން ވަޒީފާއަށް ނިކުތުމުގެ ހުއްދަވަނީ ދީފައެވެ. ޝަޒައިލްގެ މައްޗަށް ކުރެވުނު ތުހުމަތާއި ގުޅިގެން އޭނާ ވިދާޅުވެފައިވަނީ، ސިޔާސީ ތުހުމަތެއް ގޮތަށް މަނީ ލޯންޑަރިންގެ ތުހުމަތެއް ބޮލުގައި އެޅުވުމަކީ ތާކުންތާކު ނުޖެހޭކަމެއް ކަމަށެވެ. އަދި އެއީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށާއި، ޢާއިލީ ވިޔަފާރި ދެމިއޮންނަތާ ޤަރުނެއް ވެއްޖެކަމަށެވެ.


އެހެންކަމުން ވަކިބައެއްގެ ސިޔާސީ މަންފާއަކަށް އަބުރުކަތިލަން ކުރެވުނު ތުޙުމަތުތަކާއި ސާބިތުކަމާއެކު ކުރިމަތިލައްވާނެކަމަށް ވެސް އޭރު އޭނާ ވިދާޅުވިއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page