https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އަހަރެމެން އަވަސް އޮންލައިން ނޫސް ޖޫރިމަނާ ކޮށްފިން- ޖެންޑާ މިނިސްޓުރީ

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jun 24, 2021
  • 1 min read



13 އަހަރުގެ ކުޑަ ކުއްޖާގެ މައްސަލާގެ ހަބަރުތައް ފެތުރި ގޮތުން ހިތްހަމަ ނުޖެހޭކަން ޖެންޑާ މިނިސްޓްރީން ހާމަކޮށް "އަވަސް" އޮންލައިން ޖޫރިމަނާ ކޮށްފިއެވެ.


އަވަސް ޖޫރިމަނާ ކޮށް އެކަން އަންގާފައި ވަނީ އިހުމާލުގެ ގިނަ މައްސަލަތަކެއް ފުނިޖެހި ފަހަކަށް އައިސް އަބަދު ހޫނުފެނަށް ވެއްޓި، އަދި އާންމުންގެ ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވެފައިވާ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ޔުމްނާ ސޮއި ކުރައްވާ މިއަދުގެ ތާރީހުގައި ފޮނުވި ސިޓީއަކުންނެވެ.


އަވަސް ޖޫރިމަނާ ކޮށްފައި ވަނީ 2000 ރ. އިންނެވެ. އެއީ މިނިސްޓްރީގެ ދަށުގައި އޮންނަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ފަރާތުންނެވެ.


އެ ސިޓީ ގައި ބުނެފައިވާ ގޮތުގައި ކުއްޖާ މަރު މައްސަލައިގައި އަވަސް އިން ހަބަރު ފަތުރާފައި ވަނީ ކުޑަކުދިންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށެވެ. އަދި އެ ނޫނަސް ކުޑަކުދިންގެ ހައްގުތަކަށް އުނިކަން އަންނަފަދަ ހަބަރުތައް އަވަސްއިން ފަތުރަ އެވެ.


އިތުރަށް ބުނީ މިފަދަ ހާދިސާތަކާއި ގުޅުންހުރި މައުލޫމާތުތަކަކީ ސައްހަކަން ކަށަވަރު ނުކޮށް ސޯޝަލް މީޑިއާ އާއި މީޑިއާގައި އާންމު ކޮށްގެންވާނެ މައުލޫމާތުތަކެއް ނޫން ކަމަށް އެ މިނިސްޓްރީން ދެކޭ ކަމަށެވެ. ކުޑަކުދިންގެ ހައްގުތައް ރައްތެރިކުރާ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ކުއްޖާ ހެދި ބޮޑުވުމަށް ބެނުންވާ ރައްކާތެރިކަމާއި އަޅާލުން، ކުއްޖާގެ ބެލެނިވެރިންގެ ފަރާތުންނާއި ކުއްޖާގެ އާއިލާގެ ފަރާތުންނާއި، މުޖުތަމައުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ލިބުމަކީ ކޮންމެ ކުއްޖަކަށް ލިބިގެންވާ ހައްގެއް ކަމަށް ވެސް ބުނެފައި ވެއެވެ.

ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް، ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވާނޭކަން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރާ ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި އަވަސް އަށް ފިޔަވަޅު އަޅާފައި ވަނީ ކަމުގެ ކުޑަބޮޑުމިނަށް ބަލާފައި އެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން ކުޑަކުދިންގެ ކަރާމާތައް ގެއްލުންވާ ފަދަ މައުލޫމާތު މީޑިއާގައި އާންމު ކޮށްފިނަމަ މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށް ވެސް ބުނެފައި ވެއެވެ. ދެހާސް ރުފިޔާއިން ޖޫރިމަނާ ކުރުމަށް ފަހު ބުނެފައި ވަނީ އެފަދަ ކަންކަން ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމުގެ ގޮތުން އެކަން އެ މިނިސްޓްރީއަށް ލިޔުމުން އަންގައި އަދި އެ ލިޔުން އާންމުކޮށް ފެންނާނެހެން ޝާއިއު ކުރުމަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page