https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ކުޑަ ކުއްޖާ މަރާލި ދެ މީހުން ފިލަން ތިބީ ގެސްޓުހައުސްއެއްގައި

  • Writer: Goal mv
    Goal mv
  • Jun 22, 2021
  • 1 min read


ޢުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ ލައިފައިވާ ފޮށި ހިފައިގެން އާދިއްތަ ދުވަހު ހަވީރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ މީހަކު އުޅުނު ކަމަށާއި، ފޮށި ބަހައްޓައިފައި އެ މީހުން ފިލަންވަދެ ތިބީ މާލޭގެ ގެސްޓު ހައުސްއެއްގައިކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.


އެ ފިރިހެން ކުއްޖާ ރަހީނުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހުގައެވެ. އެ ގޮތުން އެ ކުއްޖާ ހޯދަމުން ދަނިކޮށް ފެނުނީ މަރާލާފައި އޮއްވާ ރޭ 2:38 ހާއިރުގައެވެ. ކުއްޖާ ފެނުނީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ މޫދުންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.


މި މައްސަލައާއި ގުޅިގެން ހައްޔަރުކުރީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ފިރިހެނެކެވެ.


މަންޒަރު ދުށް ފަރާތަކާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކުރި ގޮތުގައި ކުއްޖާ ލައިފައިވާ ފޮށި ހިފައިގެން އާދިއްތަ ދުވަހު ހަވީރު ދެ މީހުން އުޅުނެވެ. އެ ގޮތުން ކާރެއްގައި ފޮށި ހިފައިގެން ގޮސް ބޭލީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ގޯޅިގަނޑެއްގެ ތެރެއަށެވެ. އަދި އޭގެ އިރުކޮޅެއްފަހުން އެ މީހުން އެ ތަނުން ދިޔައީ ކަމަށެވެ. ނަމަވެސް އޭގެފަހުން އެ ރޭގެ 22:00 އާއި ހަމައަށް އެ މީހުން އުޅުނު ގޮތެއް އަދި ސާފެއްނުވެއެވެ.


އެ މީހުން ފިލަން ވަދެ ތިބީ ވަދެ ތިބީ ހެންވޭރު ދުނބުރި މަގުގައި ހުންނަ އެެކްސްޓްރާ ހެވަން ކިޔާ ގެސްޓުހައުސްއެއްގައެވެ. އެ ގެސްޓު ހައުސް ކުއްޔަށް ހިފައިގެން އެ މީހުން ވަނީ އާދިއްތަދުވަހުގެރޭ 22:15 ހާއިރުކަމަށް އެ ގެސްޓު ހައުސް ހިންގާ ބިދޭސީ މީހާ ބުނިކަމަށް ޢަދަދު ނޫހުން ބުނެފައިވެއެވެ. ފުލުހުން އެ މީހުން ހައްޔަރުކުރީ އެ ގެސްޓު ހައުސްގައި ތިއްބައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page