https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ކުޑަކުއްޖާގެ މަރާލި މައްސަލައިން ރެކެން ޖެންޑަރ މިނިސްޓަރ ބަހަނާ ދައްކަންފަށައިފި

  • މާހިރު މުޙައްމަދު
  • Jun 22, 2021
  • 1 min read


ލޯތްބާއި، އަޅާލުމާއެކު ރައްކާތެރިކަމުގައި ބޮޑުވުމުގެ ހައްގު ލިބިފައިވާ ކުޑަކުއްޖެއްގެ ފުރާނަ ގަސްދުގައި ދުއްވާލުމަކީ މުޅި ޤައުމު ކަރުނަ އަޅަންޖެހޭ ވަރުގެ ކަމެއް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.


ރަހީނުކޮށްގެން އުޅުނު ކުއްޖަކު މަރާލާފައި އޮއްވައި ހުޅުމާލެއިން ފެނުނު މައްސަލައާ ގުޅިގެން މިނިސްޓަރ ވިދާޅުވީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ކުރިމަތިވާ ގިނަ ގޮންޖެހުންތައް ނައްތާލުމަށްޓަކައި މުއައްސަސާތައް ގުޅިގެން ކުރެވޭ މަސައްކަތް މިހާރަށްވުރެ ބަދަހިވެ ވަރުގަދަވާން ޖެހޭ ކަމަށެވެ.


މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްގެން ގެންގުޅޭ މައްސަލައެއް މި މަހުގެ 20 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާތީ، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ، ދަންވަރު 2:38ހާއިރު ކަމަށެވެ.


މި މައްސަލައާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.


ރަހީނުކޮށްގެން މަރާލާފައި އޮއްވައި ފެނުނު ކުއްޖަކީ ގދ. މަޑަވެއްޔަށް ނިސްބަތްވާ ކުއްޖެކެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page