ކުޑަކުއްޖާ މަރާލި މައްސަލަ ކުށްވެރި ނުކޮށް ސައުދީއަށް ދިން ހަމަލާ ރައީސް ޞޯލިހު ކުށްވެރި ކޮށްފި
- Goal mv
- Jun 22, 2021
- 1 min read

ސައުދީ އަރަބިއާގެ ދެ ސަރަހައްދަކަށް އަމާޒުކޮށް ހޫތީން ދިން ޑްރޯން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރި ކޮށްފިއެވެ.
ސައުދީގެ ހަމިސް މޫޝައިތް އަދި ނަޖްރާން އަށް އަމާޒުކޮށްގެން 15 ޑްރޯން އެ ސަރަހައްދަށް ފޮނުވާފައިވެއެވެ. އަދި ދެ މިސައިލެއްގެ ހަމަލާވެސް ހޫތީން ވަނީ ސައުދީ އަރަބިއާއަށް ދީފައެވެ.
މި ހަމަލާއާއި ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އާންމުންނަށް އަމާޒުކޮށްގެން ދެވޭ ހަމަލާތައް އިތުރުވުމަކީ އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަމަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ. އެހެން ކަމުން ހުރިހާ ފަރާތްތަކުން މަޝްވަރާކޮށް، އެ ސަރަހައްދަށް ހަމަޖެހުން ގެނައުމަކީ މުހިންމު ކަމެއް ކަމުގައި ދިވެހި ސަރުކާރުން ދެކި، އެކަން ހާމަ ކޮށްފައިވެއެވެ.
އަދި އެ ބަޔާނުގައިވަނީ ދިވެހި ސަރުކާރު އޮތީ ސައުދީގެ ސަރުކާރާއި، އެ ގައުމުގެ ރައްޔިތުންނާއި އެކުގައި ކަމަށެެވެ. އަދި ނިރުބަވެރި ހަމަލާތަކާއި ދެކޮޅަށް ބައިނަލްއަގްވާމީ މުޖްތަމައާއި ގުޅިގެން ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފައިވެއެވެ.
ދިވެހި ސަރުކާރެކޭ އެއްފަދައިން އަރަބި ގައުމުތަކުން ވެސް އަންނަނީ މި ހަމަލާ ކުށްވެރި ކުރަމުންނެވެ.
އޭގެ ތެރޭގައި ކުވައިތާއި، މިސްރު، ފްރާންސް، ގަތަރު، ލެބަނަން އަދި ޔުނައިޓެޑް އަރަބް އެމިރެޓްސް ހިމެނެއެއެވެ.
މި ގައުމުތަކުން ނެރުނު ބަޔާންތަކުގައި ވަނީ ސަރަހައްދީ މަސްލަހަތު ގޯސްވެދާނެ ކަމަށާއި، ހަމަލާތައް ހުއްޓާނުލައިފިނަމަ ދުނިޔޭގެ ބާޒާރަށް އޭގެ ނޭދެވޭ ނަތީޖާ ފެންނާނެ ކަމަށް ބުނެފައެެވެ.
އަދި ހަމަލާ ތަކަކީ ސައުދީ އަރަބިއާއަށް ދިން ހަމަލާއަަކަށް ވިޔަސް، އޭގެ އަސަރު އެ ސަރަހައްދަށާއި، ހުރިހާ ގައުމުތަކެއްގެ އިގްތިސާދަށް ކުރާނެ ކަމަށް ބުނެފައިވެއެވެ.








Comments