ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މުވައްޒަފުންތަކެއް ސަސްޕެންޑް ކޮށްފި
- މާހިރު މުޙައްމަދު
- Jun 23, 2021
- 1 min read

ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހުރި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އެތަނުގައި މަސައްކަތް ކުރާ 7 މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ.
މައުލޫމާތު ލިބިފައި ވާގޮތުގައި އެ 7 މުވައްޒަފުން ސަސްޕެންޑު ކޮށްފައިވަނީ، އިއްޔެގެ ވަގުތެއްގައެވެ. އަދި އެމީހުން ސަސްޕެންޑު ކޮށްފައިވަނީ، 1 މަސް ދުވަހުގެ މުއްދަތައް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި މިމަހު 12 ވަނަ ދުވަހު ވަނީ މީހަކު ވެސް ހައްޔަރުކޮށްފައެވެ.
އެމީހާގެ ބަންދަށް 10 ދުވަސް ޖެހިއިރު އެ 10 ދުވަސް ހަމަވެގެން މިދިޔަ ހޯމަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށް ފަހު ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.








Comments