ކޮވިޑް-19 ގައި ރާއްޖެއިން ޒުވާން އަންހެނަކު ހިމެނޭހެން 04 މީހަކު ނިޔާވެއްޖެ
- Goal mv
- Jun 5, 2021
- 1 min read

ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު ހަތަރު މީހަކު ނިޔާވެއްޖެއެވެ.
އެ ހަތަރު މީހުންނަކީ ވެސް އަންހެނުންނެވެ. އޭގެތެރޭގައި 54 އަހަރުގެ މީހަކާއި, 72 އަހަރުގެ މީހަކާއި,79 އަހަރުގެ މީހަކާއި, 28 އަހަރުގެ މީހެކެވެ.
މީގެތެރެއިން އެކަކު ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 ގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. ތިން މީހަކު ނިޔާވެފައިވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.
މި ހަތަރު މަރާއެކު ރާއްޖެއިން ކޮވިޑު ބަލީގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 181 އަށް އަރައިފައެވެ.
ހަމައެހެންމެ މި މަހުގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 20 އަށް އަރައިފައެވެ.








Comments