https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ބޮޑުވަޒީރުކަން ހޯއްދެވުމުގެ ދަހިވެތިކަމުގައި ނަޝީދު ސަރުކާރާއި ތޮޅި، ޕާޓީ ބައިބައި ކޮށްފި- އަލްހާން

  • Writer: Goal mv
    Goal mv
  • Jun 21, 2021
  • 1 min read


މިއަދު ޤައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބޮޑުވަޒީރުކަން ހޯއްދެވުމުގެ ދަހިވެތިކަމުގައި ސަރުކާރާއި ތޮޅި، ޕާޓީ ބައިބައިކުރާ މައްސަލަކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.


އަލްހާން ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި އެކުގައި މަސައްކަތްކުރަން ކޯލިޝަން ހަދައި، އެތައް ވަޢުދުތަކެއްވެގެން ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު އެ ވަޢުދުތަކާއި، އަހުދުތައް އުވައިލައިފައިވާ ކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.


ވަލު ދޮރޯށިން ބޮޑުވަޒީރުކަން ހޯއްދެވުމުގެ ދަހިވެތިކަމުގައި ހިންގަ ޖަރީމާތަކެއްކަމަށް ވެސް އަލްހާން ވަނީ ސިފަކުރައްވާާާފައެވެ.


”މިއަދު ޤައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެކުގައި ގުޅިގެން ވެރިކަން ކުރަން ވަޢުދުވީ ސިޔާސީ ލީޑަރުންގެ ތެރެއިން ރ. ނަޝީދު، ވަޢުދާއި އަހުދު އުވައިލައި، އަމިއްލަފުޅަށް ވަލު ދޮރޯށިން ބޮޑުވަޒީރުކަން ހޯއްދެވުމުގެ ދަހިވެތިކަމުގައި ސަރުކާރާ ތޮޅި، ޕާޓީ ބައިބައިކުރާކަން.“ އަލްހާން ވިދާޅުވިއެވެ.


އަލްހާން މީގެ ދުވަސްކޮޅެއް ކުރިން ވަނީ، ދިވެހި ޖުމްހޫރިއްޔާގެ ވެރިކަމުގެ ނިޒާމަކީ ”އަންނި، އިބޫއަށް ނުވަތަ މަޖްލިސް ރައީސް، ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާ އެސްއެމްއެސްއަކުން ބަދަލުކޮށްލެވޭނެ އެއްޗެއްކަމަށް ހީވުމަކީ ހަމަ އަޖައިބު ވާވަރުކަމެއް“ ކަމަށް ވެސް ވިދާޅުވެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page