ބޭސްފަރުވާކުރަން ޢަލީ ވަޙީދަށް ދިން މުއްދަތު ހަމަވެއްޖެ
- މާހިރު މުޙައްމަދު
- Jun 9, 2021
- 1 min read

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްޓަކައި ކްރިމިނަލް ކޯޓުން ދިން މުއްދަތު ހަމަވެއްޖެއެވެ.
ޖިންސީ ކުށުގެ ހަތް ދަޢުވާއެއް އުފުލައިފައިވާ ޢަލީ ވަޙީދުގެ ޕާސްޕޯޓު ހިފަހައްޓައިފައި އޮތުމަށްފަހު، ކްރިމނަލް ކޯޓުން އޭނާގެ ޕާސްޕޯޓު ދޫކޮށްލަން އެންގީ މި އަހަރުގެ ފެބްރުއަރީ 09 ގައެވެ. އެ ގޮތުން ހަމަ އެ ދުވަހު އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރައިވަޑައިގެންފައެވެ.
ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްލަން ޢަމުރުކުރީ، އޭނާގެ ސިއްހީ ހާލަތު ބަޔާންކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގަތުމުންނެވެ.
ޕާސްޕޯޓު ދޫކޮށްލީ ޖާމިނުވާނެ ފަރާތެެެއް ހުށަހެޅުމުންކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ. މި ގޮތުން ޖާމިނުވެފައިވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އައްސަދު ޢަލީ(އަޑުބަރޭ) އެވެ.
ޢަލީ ވަޙީދު ބޭސްފަރުވާއަށް ވަޑައިގަތުމަށް ކްރިމިނަލް ކޯޓުން ދިނީ 4 މަހެވެ. އެ މުއްދަތު މިއަދަށްވަނީ ހަމަވެފައެވެ.








Comments