ބައިޑަންގެ ގެންގުޅޭ ކުއްތާއެއް މަރުވެއްޖެ
- މާހިރު މުޙައްމަދު
- Jun 20, 2021
- 1 min read

އެމެރިކާގެ ރައީސް ޖޯ ބައިޑަންނާއި އޭނާގެ އަނބިކަންބަލުން ޖިލް ބައިޑަން ގެންގުޅުއްވާ ކުއްތާއެއްކަމަށްވާ ޗެންޕު މަރުވެއްޖެއެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރުކަމަށްވާ ވައިޓު ހައުސުގައި ބައިޑަންގެ ޢާއިލާއިން ދެ ކުއްތާއެއް ގެންގުޅުނެވެ. އެއީ 2008ވަނަ އަހަރު ބައިޑަން ހޯއްދެވި ޖާމަން ޝެޕާޑެއްކަމަށްވާ ޗެންޕާއި 2018ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ހޯއްދެވި މޭޖާނަމަކަށް ކިޔާ ޖާމަން ޝެޕާޑެކެވެ. ޖަނަވާރުން ގެންގުޅުމަށް ލޯބިކުރާ ބައިޑަން ޢާއިލާއިން މީގެ ކުރިންވަނީ ބުޅަލެއް ގެންގުޅުމަށްވެސް ޝައުގުވެރިވާކަމަށް ބުނެފައެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކު އޮބާމާގެ ނައިބު ރައީސްގެ މަޤާމު ބައިޑަން ހުންނެވި ދުވަސްވަރު އެ ޢާއިލާއިން ހޯދި ޗެންޕު ގެންގުލޭތާ 13 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވެއެވެ. ބައިޑަންގެ ޢާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗެންޕުގެ ޞިއްޙަތު ފާއިތުވި މަސް ދުވަސްތަކުގައި ވަރަށް ގޯސްވެފައިވާކަމަށެވެ.








Comments