ބުޅާ ގެންގުޅޭ ސަރަހައްދެއް ހަދަން ނިންމީ އަޅުގަނޑުގެ ވެރިކަމުގައި – ޝިފާ
- މާހިރު މުޙައްމަދު
- Jun 9, 2021
- 1 min read

މާލެ ސަރަހައްދުގެ މަގުތައް މަތީ އުޅޭ ބުޅާތައް ވަކި ހާއްސަ ސަރަހައްދަކަށް ބަދަލު ކުރަން ނިންމީ، ނިމިދިޔަ ކައުންސިލުން ކަމަށް ކުރީގެ މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީގެ ގައި އުޅޭ ބުޅާތަކަށް ވަކި ސަރަހައްދެއް ހެދުމަށް ނިންމާ އެކަން މާލެ ސިޓީގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު އިއުލާން ކުރެއްވުމުން، ޝިފާ ކުރެއްވި ޓުއީޓެއްގައި އެކަމަނާ ވިދާޅުވީ، ނިމިދިޔަ ކައުންސިލުން ވަނީ، މިދިޔަ އަހަރުގެ ފަހުކޮޅު އެކަން ކުރުމަށް ނިންމާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާއި އެކު އެއްބަސްވުން ހެދިފައި ކަމަށާއި އެކަމަށް ބޭނުންވާ ބިން ހުޅުމާލެއިން ވާނީ ހަމަޖެހިފައި ކަމަށާއި، އެހެން ކަމުން ލަސްނުކޮށް އެމަސައްކަތް އަވަހަށް ފެށުމަށްވެސް ޝިފާ ވަނީ ވިދާޅުވެފައެވެ.
ބުޅާ ފެސިލިޓީގެ ވާހަކަ ދައްކަވަމުން، މޭޔަރު މުއިއްޒު ވިދާޅުވީ، ނިމިދިޔަ ކައުންސިލުން ނިންމާފައިވާ ގޮތަށް އެމަސައްކަތް ކުރުމަށް ހަމަޖެހިފައި ވާކަމަށާއި، އެމަސައްކަތް އެޗްޑީސީ އާއި ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
އެޗްޑީސީން ބުނީ 3000 ބުޅާ ގެންގުޅެވޭނެ ފެސިލިޓީއެއް ހެދުމަށް ނިންމާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަރުކޮޅުފުށީގެ 790 ސްކެއާ މީޓަރުގެ ބިމެއްގައި ކަމަށެވެ. އެގޮތުން މި ފެސިލީޓީގައި ބުޅަލަށް ވެކްސިން ދެވި ފަރުވާދެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.








Comments