ރިސޯޓް މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭގޮތް ހަދުމަށް އެދި ރައީސަށް ޕެޓިޝަނެއް
- Goal mv
- Jun 20, 2021
- 1 min read

ރިސޯޓް މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭގޮތް ހަދައިދިނުމަށް އެދި ދަޢުލަތުގެ ކަމާއިބެހޭ މުއައްސަސާ ތަކަށާއި ރައީސުލް ޖުމްހޫރިއްޔާއަށް ޕެޓީޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ.
އެގޮތުން ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނެވުމަށްޓަކައި މިހާރު ވަނީ "ޗޭންޖްޑޮޓްއޯގް"ގައި ޕެޓިޝަނެއްގައި ސޮއިކުރުވުމުގެ މަސައްކަތް އަމަލީގޮތުން ފަށާފައެވެ.
މިޕެޓިޝަނާއި ގުޅިގެން ރިސޯޓް ވޯކާސް މޯލްޑިވުސްގެ ފަރާތުން ބުނެފައި ބުނެފައި ވަނީ.. "މެނޭޖްމަންޓް ވަނީ އަރައި ގަނެފަ،ތުނބުޅި ނުބެހެއްޓޭ ގޮތައް ރިސޯޓް ތަކުން ހަދާފަ ހުންނަ ގަވާއިދުގެ ސަބަބުން އެތަކެއް މުވައްޒަފުންގެ ހައްގުތަކެއް ވަނީ ގެއްލިފަ."
ޗޭންޖްއޯގްގައި މިހާރު ވަނީ ޕެޓިޝަން ފޯމް އަޕުލޯޑް ކޮށްފައެވެ.








Comments