ރުގްޔާ ކުރުމަށް ހުއްދަ ނަގަން ޖެހޭ ގޮތައް ހަދަނީ
- ޙުސައިން އަޙުމަދު

- Jun 22, 2021
- 1 min read

ހާއްސަ ހުއްދަ އެއް އޮވެގެން ނޫނީ ރުގްޔާ ނުކުރެވޭ ގޮތަށް ހެދުމަށް ހިއުމަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން އިސްލާމިކް މިނިސްޓްރީއާއެކު މަޝްވަރާކޮށްފިއެވެ.
އެޗްއާރްސީއެމްއިން މިކަމާއި ގުޅިގެން ބުނެފައި ވަނީ، އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ރުގްޔާގެ ނަމުގައި ބަޔަކު ނާޖާއިޒް ގޮތުގައި އަންހެނުންނަށާއި ކުޑަކުދިންނަށް ގެއްލުންދޭ މައްސަލަތައް އިތުރު ވަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން އެކޮމިޝަނުން ވިދާޅުވީ، މި މައްސަލަ އާއި ގުޅިގެން އިސްލާމިކް މިނިސްޓްރީ އާއި އެކު މަޝްވަރާ ކުރެވިފައިވާ ކަމަށާއި، ރުގްޔާގެ ނަމުގައި ނާޖާއިޒް ފައިދާ ހޯދާ މީހުން އުޅޭކަން މިނިސްޓްރީއާއެކުގައި ބޭއްވި ބައްދަލުވުމުގައި ފާހަގަކަކޮށް އެކަމަށް އޮތް ހައްލަކީ ކޮބާކަމާމެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ރާއްޖޭގައި ރުގްޔާ ގެ ނަމުގައި އެކި ކަހަލަ ގެއްލުން ދިނުމުގެ ގިނަ މައްސަލަ ތަކެއް ވަނީ މީގެ ކުރިން ވެސް ފެންމަތި ވެފައެވެ. އަދި އެކަމާއި ގުޅިގެން ބައެއް ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަން ފާހަގަ ކުރެވެއެވެ.








Comments