ރޭ މަރާލި 13 އަހަރުގެ ކުއްޖާގެ މޫނަށް ބަލައިލަންނުކެރޭ ވަރަށް ވަނީ އަނިޔާކޮށްފައި
- ޙުސައިން އަޙުމަދު

- Jun 22, 2021
- 1 min read

މަރައިލައިފައި އޮއްވާ ފެނުނު ޢުމުރުން 13 އަހަރުގެ ފިރިހެންކުއްޖާގެ މޫނަށް ބަލައިލަންނުކެރޭ ވަރަށް އަނިޔާކޮށްފައި ހުރިކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
އެ ރަހީނުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހުގައެވެ. ފުލުހުން އެ ކުއްޖާ ހޯދަމުން ދަނިކޮށް ފެނުނީ މަރާލާފައި އޮއްވާ ރޭ 2:38 ހާއިރުގައެވެ މަޢުލޫމާތު ލިބޭ ގޮތުގައި ގދ.މަޑަވެއްޔަށް ނިސްބަތްވާ މުޙައްމަދު ރާއިފް ފެނުނީ، ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ މޫދުންނެވެ. ފެނުނުއިރު އޮތީ ފޮށްޓަކަށްލައިފައި އެއްލައިލާފައި ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން ރަސްމީ އިދާރާއެއްގެ ބަހެއް ނުލިބެއެވެ.
އެ ކުއްޖާގެ ހަށިގަނޑު ފެނުނު މީހަކާއި ހަވާލާދީ ޕީއެސްއެމްއިން ބުނެފައިވާ ގޮތުން އެ ކުއްޖާގެ ހަށިގަނޑުގައި ގިނަ ޒަޚަމްތަކެއް ހުއްޓެވެ. ހަމައެހެންމެ ފިރިހެންކުއްޖާގެ މޫނަށް ބަލައިލަންނުކެރޭ ވަރަށް އަނިޔާކޮށްފައި ހުރިކަމަށް ވެސް ހަށިގަނޑު ފެނުނު މީހާ ބުނެފައިވެއެވެ. އެ ކުއްޖާގެ ހަށިގަނޑު މިހާރު އޮތީ އައިޖީއެމްއެޗުގައެވެ. އައިޖީއެމްއެޗަށް އެ ކުއްޖާގެ ހަށިގަނޑު ގެންދިޔައީ ހެނދުނު 6:15 ހާއިރުގައެވެ.
މި މައްސަލައާއި ގުޅިގެން 17 އަހަރުގެ ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު މައްސަލަ ތަޙްޤީޤުކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.








Comments