https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރައްޔިތުން ފައިސާތައް ތަޅާ ބުރުވުމަށް ފަހުން މިނިސްޓަރ ޝާހިދު ރާއްޖެ ވަޑައިގެންފި

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jun 20, 2021
  • 1 min read


އެމެރިކާގައި ގިނަ ދުވަހު ހުންނެވުމަށްފަހު ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.


މިނިސްޓަރ ޝާހިދު، އެމެރިކާއަށް ކުރެއްވި ދަތުރުފުޅަކީ އދ.ގެ އާއްމު މަޖިލީހުގެ އިންތިހާބުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރުން މެމްބަރު ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެމަނިކުފާނުގެ ދަތުރުފުޅުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.


މެންބަރު ގައުމުތަކުގެ ބޮޑު އަޣުލަބިއްޔަތަކުން އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް ކަމަށް މިނިސްޓަރ ޝާހިިދު ވަނީ އިންތިހާބުވެވަޑައިގެންފައެވެ.


އެމެރިކާގައި ހުންނެވި ދުވަސްވަރު، ބޭރު ގައުމުތަކާ އެކު ގުޅުންތައް ބަދަހިކޮށް، ރާއްޖެއަށް ބޭނުންވާ އެހީ އާއި ވިޔަފާރީގެ ފުރުސަތުތަކާއި އިންވެސްޓުމަންޓުތައް އަދި ޓޫރިސްޓުން އިތުރު ކުރުމަށް ހުއްޓުމެއް ނެތި މަސައްކަތްކުރަމުން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page