https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރައީސް ޞާލިހުގެ ސަރުކާރުގައި އަޅުގަނޑު ބިރުގަންނަ އެކަކު ވެސް ނުހުންނާނެ – ޕީޖީ ޝަމީމް

  • Writer: Goal mv
    Goal mv
  • Jun 20, 2021
  • 1 min read


ސަރުކާރުގެ އެއްވެސް މީހެއް ދެކެ ބިރެއް ނުގަންނަ ކަމަށާއި، ކުށެއް ކޮށްފިނަމަ އެކަމަށް ދޭންޖެހޭ ހައްގު އަދަބު އެމީހަކަށް ލިބިގެން ދާނެ ކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.


ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޖީ ވިދާޅުވީ، އެއްވެސް މީހަކީ ގާނޫނަށްވުރެ މަތީގައި ހުންނާނެ މީހެއް ނޫން ކަމަށާއި، މި ސަރުކާރުގެ ކޮންމެ ފެންވަރެއްގައި ހުރި މީހަކަށް ވިޔަސް ދައުވާ ކުރަން ޖެހިއްޖެނަމަ އެމީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފަސްނުޖެހޭނެ ކަމަށެވެ.


ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނުނިމި ލަސްވާ ކަމަށް ބުނެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ ވިދާޅުވީ، އެއްވެސް ހާލަތެއްގައި މަހުލޫފުގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައި ނުވާނެ ކަމަށާއި، މައްސަލަ އަނބުރާ ފޮނުވާލީ އިދާރީގިތުން ފުރިހަމަ ކުރަންޖެހޭ ކަމެއް ފުރިހަމަވެފައި ނުވުމުން ކަމަށެވެ.


އަދި މީހެއްގެ މައްޗަށް ދައުވާއެއް އުފުލާ އިރު، ފުރިހަމައަށް ދައުލަތުން ތައްޔާރުވާން ޖެހޭނެ ކަމަށާއި، ޝަރީއަތުން ކުރިމަތު ކުރުވާނެ ސުވާލުތަކާއި، ދައުލަތުން ކުރާނެ ސުވާލުތަކަށް ފުރިހަމައަށް ތައްޔާރު ވާން ޖެހޭނެ ކަމަށެވެ. އަދި އެމައްސަލަ އަނބުރާ ފޮނުވާލީ، މީހެއް ދެކެ ބިރުން ނޫން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page