ރައީސް ޔާމިންގެ ގެކޮޅު ކައިރީގައި ޕާކުކުރުން މަނާކޮށްފި
- މާހިރު މުޙައްމަދު
- Jun 19, 2021
- 1 min read
ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމު ދިރިއުޅުއްވާ ހ.ދޫވެހި ކައިރީގައި ޕާކުކުރުން މަނާކޮށްފިއެވެ.
ރައީސް ޔާމިން ޢަބްދުލްޤައްޔޫމު ދިރިއުޅުއްވާ ހ.ދޫވެހި ކައިރީގައި ޕާކުކުރުން މަނާކޮށްފައިވަނީ، ކަމާބެހޭ އިދާރާތަކުގެ އެދުމުގެ މަތިން މާލޭ ސިޓީ ކައުންސިލުންނެވެ. އެ ގޮތުން ދޫވެހި ކައިރީގައި ޕާކުކުރުން މަނާކުރުމުގެ ގޮތުން ބޮޑުތަކުރުފާނު މަގާއި، ބުރެވިމަގުގައި ވަނީ ޕާކުކުރުން މަނާ ސަރަހައްދުކަން އަންގައިދޭ ނިޝާންތައް ހަރުކޮށްފައެެވެ.
މާލޭ ސިޓީ ކައުންސިލުގެ މާފަންނު މެދު ދާއިރާގެެ މެންބަރު އަޙްމަދު ނަރީޝް ވިދާޅުވީ އެ ސަރަހައްދުގައި ޕާކުކުރުން މަނާކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ސަބަބަކާހުރެކަމެއް އޭނާ ވިދާޅެއްނުވެއެވެ.
ރައީސް ޔާމިން ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ޕާކުކުރުން މަނާކުރި އިރު، މާފުށީ ޖަލުގައިޯކޮވިޑު ފެތުރޭ މިންވަރު އިތުރުވުމުން އެ މަނިކުފާނު މިހާރު ހުންނަވަނީ ގެކޮޅަށް ބަދަލުކޮށްފައެވެ.











Comments