https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރައީސް ޔާމިނާއި ގުޅުވައި ލިޔުނު ދޮގު ޚަބަރާއި ގުޅިގެން ފިޔަވަޅު އެޅުމަށް ގޮވައިލައިފި

  • Writer: Goal mv
    Goal mv
  • Jun 21, 2021
  • 1 min read


ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއި ގުޅުވައި ރާއްޖެ.އެމްވީގައި އަމްނާ އިމާދު ކިޔާ ނޫސްވެރިއަކު ލިޔެ ޝާއިޢުކޮށްފައިވާ ދޮގު ޚަބަރާއި ގުޅިގެން ފިޔަވަޅު އެޅުމަށް، އިދިކޮޅު ކޯލިޝަނުން ކަމާބެހޭ މުއައްސަސާތަކަށް ގޮވައިލައިފިއެވެ.


ރާއްޖެ.އެމްވީގައި ލިޔެ ޝާއިޢުކޮށްފައިވާ ޚަބަރާއި ގުޅިގެން، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ވީޑިއޯ ކޮންފަރަންސް ތަކުގައްޔާއި، ޕާޓީގެ ލީޑަރޝިޕް އަދި ކައުންސިލް ގްރޫޕް ތަކުގައި ރައީސް ވާހަކަފުޅު ދައްކަވާ ކަމަށް ބުނެ ފަތުރައިފައިވާ ވާހަކަތަކަކީ ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ރައީސް ޔާމިން ޕާޓީގެ އެފަދަ އެއްވެސް ހަަރަކާތެއްގައި މިހާތަނަށް ބައިވެރިވެވަޑައިގެންފައެއް ނުވާ ކަމަށެވެ. އެހެން ކަމުން ރާއްޖެ.އެމްވީގައި ރައީސް ޔާމީން ބަދުނާމުކޮށް ޝާއިޢުކޮށްފައިވާ ދޮގު ޚަބަރު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. ”މި ދޮގު ޚަބަރާއި ގުޅިގެން މިފަދަ ކަންކަން ބެލުމަށް އުފައްދާފައިވާ ބްރޯޑްކާސްޓިން ކޮމިޝަން، މޯލްޑިވްސް މީޑިއާ ކައުންސިލް ފަދަ ދައުލަތުގެ މުއައްސަސާ ތަކުން މިކަން ބައްލަވައި ފިޔަވަޅު އެޅުއްވުމަށް ގޮވައިލަން.“ ބަޔާނުގައި ބުނެފައިވެއެވެ. ހަމައެއާއެކު ބަޔާނުގައި ވަނީ، ނޫސްވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސިޔާސީ ނުފޫޒުން އެއްކިބާވެގެން ތިބެ، ކަމުގެ ޙަޤީޤަތް ރައްޔިތުންނާއި ހަމައަށް ގެނެސް ދިނުމުގައި ޒިންމާދާރުކަމާއެކު ޕްރޮފެޝަނަލް މިންގަނޑުގެ ތެރޭގައި މަސައްކަތް ކުރުމަށް ވެސް ގޮވައިލައިފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page