https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރައީސް ނަޝީދުގެ މައްސަލާގައި ޖަވާބުދާރީ ވާނީ އަޅުގަނޑު: މާރިޔާ

  • މާހިރު މުޙައްމަދު
  • Jun 7, 2021
  • 1 min read


ރައީސް މުހައްމަދު ނަޝީދުގެ ފުރާނަ ދުއްވާލުމަށް މިދިޔަ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަކީ ގާނޫނީ ކުށެއްކަން ފާހަގަކުރާއްވާ، މަޖިލީހުގެ އިދާރާގެ ކޮންމެ ސުވާލަކަށް އެކަމަނާ ޖަވާބުދާރީވާން ތައްޔާރަށް ހުންނެވިކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.


މިކަމާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، އަދި މިހާތަނަށް މަޖިލީހުގެ ކޮމިޓީއަކަށް އެކަމަނާ ހާޒިރުވާން އަންގާފައި ނުވާ ކަމަށާއި، އަދި ހާޒިރުވާން އަންގާފިނަމަ ހާޒިރުވެ މަޖިލީހުން ކުރިމަތި ކުރުވާ ކޮންމެ ސުވާލަކަށްވެސް ޖަވާބުދޭން ތައްޔާރަށް ހުންނެވި ކަމަށް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.


މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، މުޅި ސިފައިންގެ އިދާރާ އޮތީ މަޖިލީހަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ކަމަށާއި، އެހެން ނަމަވެސް ވަކި ވަކި ސިފައިންނަށް ލިބިފައިވާ މައުލޫމާތު މަޖިލީހާ ހިއްސާކުރުމަކީ ގާނޫނީ ކުށެއްކަމަށެވެ. އަދި ވަކި ވަކި ސިފައިންގެ ބަދަލުގައި އެކަމަނާ ޖަވާބުދާރީވާން ތައްޔާރައް ހުންނެވި ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.


ޑިފެންސުން މިނިސްޓްރީން ބުނާ ގޮތުގައި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ގުޅުންހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަ ނެތި އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުއާމަލާތް ކުރުމުގެ އިހުތިޔާރު ލިބިފައި ނުވާ ކަމަށް ސިފައިންގެ އާންމު ގަވާއިދު ވެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page