https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރައީސް ނަޝީދުގެ ހަށިފާރަވެރިން އިންކުއަރީއަށް ހާޒިރު ކުރަނީ

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jun 9, 2021
  • 1 min read


ރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް މެއި މަހުގެ 6 ވަނަ ދުވަހުގެރޭ ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ އިންކުއަރީއަށް އެމަނިކުފާނުގެ ބޮޑީގާޑުން ހާޒިރު ކުރަން ނިންމައިފިއެވެ.


ކޮމިޓީއިން ކުރިއަށްގެންދާ އިންކުއަރީއަށް އިއްޔެއިން ފެށިގެން ވަކިވަކި ސިފައިންގެ ބޭކަލުން ވަނީ ހާޒިރު ކުރަން ފަށާފައެވެ.


މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިންކުއަރީއަށް ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޖީ) ގެ ކޮމާންޑަރުންނާއި ރައީސް ނަޝީދުގެ ބޮޑީގާޑުންވެސް ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ. އެސްޕީޖީގެ ކޮމާންޑަރުން މިއަދު ހާޒިރު ކުރުމަށް ނިންމާފައި ވާއިރު، ރައީސް ނަޝީދުގެ ބޮޑީގާޑުން ހާޒިރު ކުރުމަށް ހަމަޖެހިފައިވަނީ، އަދި ކޮން ތާރީހެއްގައި ކަން ސާފެއް ނުވެއެވެ.

ވަކިވަކި ސިފައިން ހާޒިރުކުރަމުން މިދަނީ، ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށް އެމްއެންޑީއެފް އިން ބުނެފައި ވަނިކޮށެވެ. އަދި އެއީ، އެމްއެންޑީއެފްގެ ގާނޫނާއި ހިލާފު ކަމެއް ކަމަށާއި، ވަކިވަކި ސިފައިން ހާޒިރު ކުރުމުގެ ބަދަލުގައި މުވައްސަސާއިން އެސުވާލުތަކަށް ޖަވާބުދާރީ ވާނެ ކަމަށް އެމްއެންޑީއެފް އިން މީގެ ކުރިން މަޖިލީހުގެ ކޮމިޓީއަށް ފޮނުވި ސިޓީއެއްގައި ވަނީ ބުނެފައެވެ.


ރައީސް މުހައްމަދު ނަޝީދުއަށް އަމާޒުކޮށްދިން ހަމަލާއާއި ގުޅިގެން މަޖިލީހުން އިންކުއަރީއެއް ފަށާފައި ވާއިރު، ފުލުހުން ހިންގާ ތަހުގީގަށް މި ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި 4 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ބޮޑެތި ކުރިއެރުންތަކެއް ތަހުގީގަށް ލިބިފައި ވާކަމަށް ފުލުހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page