https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރައީސް ނަޝީދަކީ ހަމަ ފައްކާ ”ލާދީނީ މީހެއް“

  • Writer: Goal mv
    Goal mv
  • Jun 22, 2021
  • 1 min read


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަކީ ހަމަ ފައްކާ ”ލާދީނީ މީހެއް“ ކަމަށް، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.


މުޙައްމަދު އިސްމާޢީލް މިހެން ވިދާޅުވީ، 2019 ވަނަ އަހަރުގައި ނަގައިފައިވާ ވީޑިއޯއެއް ހިއްސާކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ. އެ ވީޑިއޯއަކީ 2019 ވަނަ އަހަރު އޭޕްރީލް 6 ވަނަ ދުވަހުގައި ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިނެއްގައި އައްޝައިޚް ޙުސައިން ރަޝީދު ދުޢާކުރެއްވި މަންޒަރު ފެންނަ ވީޑިއޯއެކެވެ. ވީޑިއޯއިން ފެނިގެންދަނީ ޝައިޚް ދުޢާކުރައްވަން ހުންނެވިއިރު، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި، ރައީސް ނަޝީދާއި، އެމްޑީޕީގެ ރައީސް މުޙައްމަދު ޝިފާޒް ދުޢާގައި ބައިވެރިވެވަޑައިގެން ދެ އަތް އުފުއްލަވައިގެން ތިއްބެވި މަންޒަރެވެ. ހަމައެހެންމެ ދުޢާކުރަމުން ދިޔަ ވަގުތު އަދަބުވެރިކަމެއްނެތި، ރައީސް ނަޝީދު ސަކަރާތްޖައްސަވާ މަންޒަރެވެ. މި ވީޑިއޯއިން ފެންނަ މަންޒަރުތަކަށް ޢިޝާރަތްކުރައްވައި މުޙައްމަދު އިސްމާޢީލް ވަނީ ދުޢާކުރާއިރު ކޮންމެވެސް ކަހަލަ އަދަބުވެރިކަމެއް ހުންނަންޖެހޭނެ ނޫންތޯ ސުވާލުކުރައްވައިފައެވެ.



”މީ ހަމަ ފައްކާ ލާދީނީ މީހެއް.“ މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ. ދާދިފަހުން ރައީސް ނަޝީދު ޢާންމުކުރެއްވި ލިޔުމެއްގައިވަނީ، އެ މަނިކުފާނަކީ ލާދީނީ ބޭފުޅެކޭ ބުނުމުގެ ޙައްޤު އެހެން މީހުންނަށް އޮންނާންޖެހޭކަމަށް އެތައް ބަޔަކު ދެކޭކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ މަނިކުފާނަކީ އިސްލާމެއްކަމަށްވާއިރު ލާދީނީ މީހެކޭ ބުނެ ގޮވަންވީ ސަބަބާއި ގުޅޭގޮތުން ސުވާލު އުފެދޭކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page