ރަށަށް ދަތުރު ކުރުމުގެ ހުއްދަ ދީފި
- Goal mv
- Jun 23, 2021
- 1 min read

ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
ރާއްޖެއިން ކޯވިޑް ބަލީގެ ކޭސްތައް އިތުރުވެގެން ދިއުމާއި ގުޅިގެން ސަރުކާރުން ވަނީ މިދިޔަ މަހުގެ ކުރީކޮޅު ރަށްތަކަށް ދިއުން މަނާކޮށްފައެވެ. އެ ނިންމުން ބަދަުކޮށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، މިހާރު ދޭން ނިންމާފައިވާ ލުއިތަކާއެކު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ދޭން ނިންމާފައި ވާކަމަށާއި، ކައުންސިލްތަކާ ގުޅިގެން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުޅުވާލާފައި ވާކަމަށެވެ.
ނަމަވެސް މޮނީޓަރިންގ ހާލަތަށް ލާފައިވާ ރަށްތަކާއި، ގެސްޓް ހައުސް ނެތް ރަށްތައް މީގެ ތެރެއިން އިސްތިސްނާ ވާނެ ކަމަށް މަބްރޫކު ވަނީ ވިދާޅުވެފަ އެވެ.








Comments