ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ފެންމަތިވެއްޖެ
- މާހިރު މުޙައްމަދު
- Jun 21, 2021
- 1 min read

ނުކުޅެދުންތެރިކަން ހުންނަ ފިރިހެން ކުއްޖަކަށް އުތުރުގެ ރަށެއްގައި އަނިޔާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެ ކުއްޖާއަކީ އަޑު އިވުމާއި، ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަމެއް ހުންނަ ކުއްޖެއްކަމަށްވެއެވެ.
އެ ފިރެހެން ކުއްޖާއަށް އަނިޔާކޮށްފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓެއްގައި ވަނީ ހިއްސާކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުން އެ ކުއްޖާގެ ލޮލު ކައިރިއަށާއި، ބުރަކަށްޓަށް އަނިޔާކޮށްފައިވެއެވެ. މީގެ އިތުރުން މޭމަތީގައި އެއްޗަކުން ތަޅައިފައިވާކަމުގެ ނިޝާންތައް ވެސް ފެންނަން ހުއްޓެވެ.
މި ކުއްޖާއަށް އަނިޔާކޮށްފައިވާއިރު، އަނިޔާކުރީ ކާކުކަމެއް ނުވަތަ ކޮންބައެއްކަމެއް ސާފެއް ނުވެއެވެ.
އެ ކަމާއި ގުޅިގެން ފުލުހުން ބުނީ ނުކުޅެދުންތެރިކަން ހުންނަ ކުޑަކުއްޖަކަށް އަނިޔާކޮށްފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.








Comments