https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ހިޔާ ފުލެޓުތަކުގެ ގުރުނަގަން މިއަދު ފަށައިފި

  • Writer: Goal mv
    Goal mv
  • Jun 21, 2021
  • 1 min read


ހިޔާ މަޝްރޫޢުގެ ދަށުން ޤާއިމުކޮށްފައިވާ ފުލެޓުތައް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތުލުން އަލުން ފަށައިފިއެވެ.


ފުލެޓުތައް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތުލުން މެދުކަނޑައިލީ ކޮވިޑާއި ގުޅިގެންނެވެ.


ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ މިއަދު 13:00 ގައި ގުރުނަގަން އަލުން ފަށާނެ ކަމަށެެވެ. ހަމައެހެންމެ ގުރުނެގުމުގެ އިންތިޒާމު ހަމަޖައްސައިފައިވަނީ ކޮވިޑުގެ ހާލަތާއި ގުޅިގެން މި ވަގުތު ކަމާބެހޭ އިދާރާތަކުން އަޅައިފައިވާ ފިޔަވަޅުތަކަށް ފެތޭނެހެން އެ ކަމުގައި ޢަމަލީގޮތުން ވީހާވެސް މަދު ބައެއްގެ ބައިވެރިވުން ހިމެނޭގޮތަށް ކަމަށެެވެ.



އެ ގޮތުން ގުރުނަގަން ހަމަޖެހިފައިވާ ކެޓަގަރީތަކަކީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކެޓަގަރީއާއި، ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީއާއި، އެކަނިވެރި މައިންބަފައިންނަށް ޚާއްސަ ކެޓަގަރީއާއި، 18 އަހަރާއި 40 އަހަރާއި ދެމެދު ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ ކެޓަގަރީއާއި, މާލޭ ރައްޔިތުންނަށް ޚާއްސަ ކެޓަގަރީއާއި، މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ ކެޓަގަރީއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޚާއްސަ ކެޓަގަރީންނެވެ.


އެޗްޑީސީން ބުނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޚާއްސަކޮށް އެ ކޯޕަރޭޝަނަށް ލިބިފައިވާ ލިސްޓުގެ އިތުރުން ދެން ހުރި ލިސްޓުތަކަކީ ޕްލޭނިންގ މިިނިސްޓްރީން ވެރިފައިކުރުމަށްފަހު އިތުރަށް ފޮނުވައިފައިވާ ލިސްޓު ކަމަށެވެ. އަދި އެ ލިސްޓުތަކުގެ ގުރުނެގުން ކުރިއެކޭ އެއްގޮތަށް މި ހުރިހާ ފަރާތްތަކުގެ އައިޑީ ނަންބަރު ތަރުތީބުން ކަމަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page