https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ހުސްނުއްސޫދު މަރު ކޮމިޝަނަށް ލައިގެން އިންސާފަށް ވާސިލްނުވެވި ކޮމިޝަން ވެސް މަރަަށް ތެޅެނީ

  • Writer: Goal mv
    Goal mv
  • Jun 22, 2021
  • 1 min read


އިންސާފު ނުލިބޭ އެތައް މަރެއްގައި ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ވަނީ ވާގިނެތިފައިކަމަށް، ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެެއެވެ.


ޑރ.ޖަމީލް މިހެން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދުގައި ޢުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު މަރައިލައިފައި އޮއްވާ ފެނުނު ހާދިސާއަށް ޢިޝާރަތްކުރައްވަމުން ކުރެއްވި ޓްވީޓެއްގައެވެ. އެ ކުއްޖާ ރަހީނުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހުގައެވެ. ފުލުހުންނަށް އެ ކުއްޖާ ފެނުނީ މަރާލާފައި އޮއްވާ ރޭ 2:38 ހާއިރުގައެވެ.


ޑރ.ޖަމީލް ވިދާޅުވީ އަނެއްކާވެސް މި ހިނގީ ހިތާމަވެރި މަރެއް ކަމަށާއި، އެއްވެސް ފަސްޖެހުމެއްނެތި މިފަދަ ބޮޑެތި ކުށްތައް ކުރާ މީހުން ޢާންމުވެއްޖެ ކަމަށެވެ.

ހަމައެހެންމެ އިންސާފު ނުލިބޭ އެތައް މަރެއްގައި ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ވާގިނެތިފައިވާއިރު, އެކަމުގައި ތަޙްޤީޤާއި ކޯޓުތަކުގެ އިހުމާލު ބޮޑުކަމަށް ވެސް ވިދާޅުވިއެވެ. “ ނުލިބޭ އެތައް މަރެއްގައި ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ވާގިނެތިފައި.“ ޑރ.ޖަމީލް ވިދާޅުވިއެވެ.


ޑރ.ޖަމީލް ވިދާޅުވީ މިފަދަ ކަންކަން ހިނގައި މުޖުތަމަޢުގެ އަމާންކަން ގެއްލި. ފެއިލްޑް ސްޓޭޓަކަށްވެފައިވާ ކަމަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page