ހަފްތާއެއްގެ ތެރޭ 9 މައްސަލައެއް އިންތިގާލީ އޮފީހަށް ހުށަހަޅައިފި
- މާހިރު މުޙައްމަދު
- Jun 19, 2021
- 1 min read

އިންތިގާލީ އިންސާފުގެ އޮފީހަށް ފުރަތަމަ ހަފްތާ ތެރޭގައި 9 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
އިންތިގާލީ އިންސާފުގެ ޤާނޫނު ބުނާ ގޮތުން 1953 ން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ވެރިއެއްގެ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު މައްސަލަތައް ހުށަހެޅޭނެ އެވެ.
މިހާތަނަށް އައި އިރު 9 މައްސަލައެއް ހުށައަޅާފައި ވާކަމަށާއި، އެމައްސަލަ ތަކާއި ބެހޭ ތަފްސީލް ހާމަ ކުރެވެން ހުރި މިންވަރަކުން ފަހުން އާއްމު ކުރާނެ ކަމަށް އިންތިގާލީ އިންސާފުގެ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މިއަދުން ފެށެގެން އޮގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މައްސަލަތައް ހުށަހެޅުމަށާާާއި އެ އޮފީހުގެ ވެބްސައިޓުގައި ހިމެނިފައިވާ ފޯމުގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށް ފަހު ބަދަލު ހޯދަން އެދޭ ފަރާތްތަކުން ބަދަލު ހޯދުމާއި ގުޅޭ ފޯމް ފުރިހަމަކޮށް އެ ފޯމްގައި ފުރިހަމަކުރަން ޖެހޭ މައުލޫމާތު ފުރިހަމަ ކުރުމަށް ފަހު އެ އޮފީހުގެ ވެބްސައިޓް ނުވަތަ ކައުންޓަރަށް ހުށައަޅުމަށް ވަނީ އެދިފައިވެއެވެ.








Comments