https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ހަ މީހަކު ހައްޔަރުކޮށްފި

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jun 23, 2021
  • 1 min read

މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގަމުންދާ ހާއްސަ އޮޕަރޭޝަންތަކެއްގައި ހަ މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.


ފުލުހުންގެ އިދާރާއިން މިކަމާއި ގުޅިގެން ބުނެފައިވަނީ، ރ. ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، 29 އަހަރުގެ އަންހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށާއި، އަދި މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ 32 އަހަރުގެ ފިރިހެނަކު މި މަހު 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.


މީގެ އިތުރުން ގދ. ގައްދޫގައި މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 21 ވަނަ ދުވަހު އޮޕަރޭޝަނެއް ގައްދޫ ޕޮލިސް ސްޓޭޝަނާއި ގުޅިގެން ހިންގާ 34 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ސެލޯފިންކޮޅު ފެނިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.


އަދިވެސް އޭގެ އިތުރުން، މ. މުލަކުގައި މީހަކު މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރަމުންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 19 އަހަރުގެ މީހަކު ހައްޔަރުކޮށްފައި ވާކަމަށާއި، އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާ މަސްތުވާތަކެތި ދިރުވާލާފައިވާ ކަމަށް ބެލެވިގެން ހޮސްޕިޓަލަށް ގެންގޮސް އެތަކެތި އޭނާގެ ހަށިގަނޑުން ނަގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 14 ސެލޯފިންކޮޅު އޭނާގެ ހަށިގަނޑުން ނަގާފައި ވާކަމަށް ފުލުހުންގެ އިދާރާއިން ވަނީ މައުލޫމާތު ދީފައެވެ.


ކުޅުދުއްފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 25 އަހަރުގެ މީހަކު މި މަހު 21 ވަނަ ދުވަހު ހައްޔަރުކޮށްފައި ވާއިރު، އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައި ވާކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.


މީގެ އިތުރުން ލ. މާވަށުގައި މީހަކު މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތު ކުރެވިގެން މި މަހު 20 ވަނަ ދުވަހުގެ ރޭ އެ ރަށު އަތިރިމަތިން 45 އަހަރުގެ މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page