https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ހުޅުމާލޭ ސިޓީގައ ”ސިޓީ ބައިކް“ ޕްރޮޖެކްޓް ތައާރަފްކޮށްފި

  • މާހިރު މުޙައްމަދު
  • Jun 9, 2021
  • 1 min read


ހުޅުމާލޭގައި ބައިސްކަލު ކުއްޔަށް ދޫކުރުމަށް ސިޓީ ބައިކް ޕްރޮޖެކްޓެއް ތައާރަފްކޮށް ހިންގުމަށް ބޭންކް އޮފް މޯލްޑިވްސް އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.


މިކަމާއި ގުޅިގެން ބީއެމްއެލް އިން ބުނީ، ޕްރޮޖެކްޓް ދަށުން ހުޅުމާލޭގައި ކުޑަ ކުއްޔެއްގައި އާންމުންނަށް 300 ބައިސްކަލު ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށާއި، މި ބައިސްކަލުތައް ހުޅުމާލޭގެ ހުރިހާ ސަރަހައްދެއްގައިވެސް ދުއްވުމަށް ބޭނުން ކުރެވޭނެ ކަމަށް ބުންޏެވެ.


މީގެ އިތުރުން ހުޅުމާލޭގައި ހާއްސަކުރެވޭ އެކި ސަރަހައްދުތަކުގައި ޑޮކިންގ ސްޓޭޝަން ގާއިމްކޮށް ބައިސްކަލު ޕާކުކުރުމަށް އެކަށޭނަ ޖާގަ ހެދުމަށްވެސް ހަމަޖެހިފައި ވާކަމަށާއި، ބައިސްކަލު ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ސިސްޓަމަކީ ބީއެމްއެލްގެ ޑިޖިޓަލް ބޭންކިންގ ހިދުމަތް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ނިޒާމް އެކުލެވޭ ސިސްޓަމެއް ކަމަށްވެސް ވަނީ ބުނެފައެވެ.


އެޗްޑީސީއާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓަށް ހަރަދު ކުރަނީ ބީއެމްއެލް އިންނެވެ.


މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވަނީ ބައިސްކަލަކީ ތިމާވެއްޓާއި ރައްޓެހި ދަތުރުފަތުރުގެ ވަސީލަތެއްގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްވެސް އެހީތެރިވެދޭ ވަސީލަތެއް ކަން ފާހަގަ ކުރައްވާފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page