ޒުވާނެއްގެ ބަނޑަށް ތޮޅިއެއް ހެރިގެން ފަރުވާދޭން ފަށައިފި
- މާހިރު މުޙައްމަދު
- Aug 17, 2021
- 1 min read

ގދ.ރަތަފަންދޫގައި ލަނޑާ ނަގަން މޫދަށް އެރި އުޅުނު ޒުވާނެއްގެ ބަނޑަށް ތޮޅިއެއް ހެރިގެން ފަރުވާދޭން ފަށައިފިއެވެ.
އެ ހާދިސާ ހިނގީ ރޭ އިރުއޮއްސި 19:30 ހާއިރު ކަމަށާއި، ތޮޅިއެއް ބަނޑަށް ހެރިގެން އަނިޔާ ލިބިފައި ވަނީ ތިރީހަކަށް އަހަރުގެ ޒުވާނަކަށް ކަމަށް ރަތަފަންދޫ ކައުންސިލުގެ ރައީސް މުޙައްމަދު މައުލޫމާތުދެއެވެ. އޭނާގެ ބަނޑަށް ތޮޅި ހެރިފައި ވަނީ ކިހާ ފުންމިނަކަށްތޯ ބަލައި، ޒުވާނާއަށް ފަރުވާއަށް ތިނަދުއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ޒުވާނާގެ ހާލު އެހާ ސީރިއަސްނޫން ކަމަށް ވެސް މުޙައްމަދު ވިދާޅުވިއެވެ.








Comments