ޒުވާނެއްގެ ހާލު ސީރިއަސްވެ އޭޑީކޭގައި ފަރުވާދޭން ފަށައިފި
- މާހިރު މުޙައްމަދު
- Jun 28, 2021
- 1 min read

މ. މުލީގައި ޕިކަޕަކާއި ދޮރާ ދޭތެރޭގައި ބޯ ތާށިވި ޒުވާނެއްގެ ހާލު ސީރިއަސްވެ، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.
ހިލަ ވައްދާފައި ހުރި ގުދަނަކަށް ޕިކަޕެއް ވައްދަން އުޅުމުގެ ތެރޭގައި އެ ޕިކަޕުގައި ކޮޅަށް ހުރި ޒުވާނާގެ ބޯ، އެ ޕިކަޕާއި އެ ގުދަނުގެ ދޮރާ ދޭތެރޭ ތާށިވެ، ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށާއި އަނިޔާވެފައި ވަނީ 28 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އަދި އޭނާ އިތުރު ފަރުވާއަށް މިއަދު މެންދުރުފަހު މާލެ ގެންގޮސްފައިވާ ކަަަަަަަަމަށެވެ.

އޭނާގެ ބޮލުގެ 3 ތަނެއްގައި ރެނދުލާފައިވާ ކަމަށާއި ސިކުނޑިއަށް ވައި ވަދެފައިވާ ކަމށް އާއިލާއިން މައުލޫމާތުދެއެވެ. އަދި އޭނާއަށް މިހާރު ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށެވެ.
އޭނާގެ ހާލު މިހާރު ކުޑަކޮށް ރަނގަޅު ކަމަށާއި މީހުންނާ ވާހަކަ ދައްކާވެސް ހަދާ ކަމަށެވެ. ނަމަވެސް އޭނާގެ އެއް ފަރާތު ލޯ ކައިރި ނާރުތަކަށް ގެއްލުންވެފައި ހުރުމުން، އެއް ލޮލަށް ފުސްކޮށް ފެންނަ ކަމަށާއި އަދި މޫނުގެ އެއް ފަރާތްވެސް އައްސިވެފައިވާ ކަމަށެވެ.
އޭނާގެ ބޮލުގެ ސީޓީ ސްކޭނެއް މިހާރު ހަދާފައިވާ ކަމަށާއި އޭނާގެ ބޮލުގެ އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އޮޕަރޭޝަން ކުރާނެ ވަކި ވަގުތެއް ހާމަކޮށްފައިނުވާ ކަމަށެވެ.








Comments