ޒުވާނަކު ގެއްލިގެން ހޯދަނީ
- ޙުސައިން އަޙުމަދު

- Jul 30, 2021
- 1 min read

ގެއްލިގެން ހޯދަމުންދާ އދ. ކުނބުރުދޫ، ފެހިގެ ޢުމުރުން 26 އަހަރުގެ އަޙްމަދު ނައުފަލް ހޯދުުމަށް ފުލުހުން ޢާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ނައުފަލު ހޯދަމުންދަނީ، މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ޢާާއިލާއަށް އޭނާގެ އެއްވެސް ޚަބަރެއްނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން ޢާއިލާގެ ފަރާތުން ފުލުހުންނަށް މިކަން ރިޕޯޓުކުރުމާ ގުޅިގެންނެވެ.

ނައުފަލްގެ ޚަބަރެއް އެންމެ ފަހުން ވީއިރު އޭނާ އުޅެމުންއައީ ރައްޓެއްސަކާއެކު މާލޭގައިކަމަށް ޢާާއިލާއާއި ހަވާލާދީ ފުލުހުން މިއަދު ބުންޏެވެ. އެހެންކަމުން ނައުފަލާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައި މަޢުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.








Comments