ޒުވާނަކު ބަރަހަނާކޮށް، އަނިޔާ ކުރި މައްސަލައެއް ބަލަންފަށައިފި
- މާހިރު މުޙައްމަދު
- Sep 20, 2021
- 1 min read

ގެސްޓު ހައުސްއެއްގެ ކޮޓަރިއެއްގެތެރޭގައި ޒުވާނަކު ބަރަހަނާކޮށް އަނިޔާކުރި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ގެސްޓު ހައުސްއެއްގެ ކޮޓަރިއެއްގެތެރޭގައި ޒުވާން ފިރިހެނަކަށް ގުރޫޕަކުން އަނިޔާކުރާ މަންޒަރު ފެންނަ 2 ވީޑިއޯ ވަނީ ޢާންމުވެފައެވެ. އެގޭތެރެއިން އެއް ވީޑިއޯގައި އެ ޒުވާނާއަށް ވަރަށް ބޮޑަށް އަނިޔާކޮށް، ދެން ފަހަރަކުން ބަރަހަނާކޮށްލާނެ ކަމަށް ބުުނެފައިވެއެވެ. ދެން ޢާންމުވި ވީޑިއޯއިން ފެންނަނީ އެ ޒުވާނާ ބަރަހަނާކޮށް އަނިޔާކޮށް، ލަދުވެތި ގުނަވަން ދައްކަން މަޖުބޫރުކުރާ މަންޒަރެވެ. މި މައްސަލައާއި ގުޅިގެން ކަންބޮޑުވުންތައް އިތުރުވެފައި ވަނިކޮށް ފުލުހުން މިރޭ ބުނީ، މައްސަލައިގެ ތަޙްޤީޤު ފުރިހަމަކުރަން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށާއި، އެ ގޮތުން މައްސަލައިގެ ވަށައިގެން ހުރި ހުރިހައި ކަމަކަށް ވެސް ތަޙްޤީޤުގެތެރެއިން ބެލިގެންދާނެ ކަމަށެވެ. ހަމަ އެހެންމެ މައްސަލައިގެ ތަޙްޤީޤު ކުރިއަށްގެންދާ ގޮތް މައްސަލަ ހުށަހެޅި މީހާއާއި ހިއްސާކުރަމުންދާ ކަމަށެވެ.








Comments