ޒުވާން މަސްވެރިޔާ ސާޖިންގެ ފައި ބިނދިއްޖެ
- މާހިރު މުޙައްމަދު
- Oct 17, 2021
- 1 min read

ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއް ސަލާމަތް ކުރަން މަސައްކަތްކުރަނިކޮށް ޒުވާން މަސްވެރިޔާ ހަސަން ސާޖިންގެ ފައި ބިންދައިގެންގޮސް އިތުރު އަނިޔާތައް ވެއްޖެއެވެ. މިހާދިސާ ހިނގީ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއް ނަގިލި ކަހާލައިގެން ގޮނޑުދޮށަށް ލެއްގުމުން އެހެން ދޯންޏެއްގެ އެހީގައި ސަފާރީ ފުން ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެދޯނިން ސަފާރީގައި ޖަހާފައިވާ ވާ ކަނޑައިގެންގޮސް ސާޖިންގެ ފައިގައި ޖެހިގެންނެވެ.
މިހާދިސާއަށްފަހު ހުޅުމާލޭ ހޮސްޕިޓަލްގައި ސާޖިން އަށް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރުވަނީ ތްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.








Comments