https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޔާމިންގެ މައްސަލަ ހައިކޯޓަށް ދިއުމުން ނުފޫޒު ފޯރުވަަައި އަޅުގަނޑަށް އިންޒާރު ވެސް ދިން-ޝުޖާއު

  • މާހިރު މުޙައްމަދު
  • Sep 5, 2021
  • 1 min read

5 އަހަރަށް ކުރީގެ ރައީސް ޔާމިން ޖަލަށްލުމަށް ޙުކުމްކުރެއްވި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެކިއެކި އިންޒާރުތައް ލިބެމުންދިޔަ ކަމަށާއި، އެ މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވިކަމަށް، ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ވިދާޅުވެއްޖެއެެވެ.


ކުރީގެ ބައެއް ފަނޑިޔާރުންނާއި، ވަކީލުން ގުޅިގެން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ ރައީސް ޔާމިންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިއިރު، އޭނާ ހުންނެވީ އެ ކޯޓުގެ އިސް ފަނޑިޔާރެއްގެ ގޮތުގައި ކަމަށެވެ.

”އަޅުގަނޑާއި ދިމާއަށް އެކި ފަރާތްތަކުން އިންޒާރުގެ މެސެޖުތަކާއި, އިންޒާރުތަކުގެ ފޯނު ކޯލުތައް އައި. އެހެން ނަމަވެސް އަޅުގަނޑަކީ އެއްވެސް އިރެއްގައި، ހެދިފައި އޮންނަ އުސޫލުން ބޭރުން އެއްވެސްކަމެއްކުރާ މީހެއްނޫން.“ ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ރައީސް ޔާމިންގެ މައްސަލަ ހުށަހެޅުމުން ދުވާލަކު ތިން ފަހަރަށް އޭނާ ޖޭއެސްސީއަށް ހާޒިރުކުރަމުން ގެންދިޔަ ކަމަށެވެ.


”ކޮންމެވެސް ކަމެއް، ކޮންމެވެސް މައްސަލައަކާއި ގުޅިގެން ސުލޫކުވަނީ. އެ ސުލޫކު ވާކަމެއް އަޅުގަނޑަކަށް ނޭނގެ.“ ޝުޖާއު ވިދާޅުވިއެވެ.


ޝުޖާއު ވިދާޅުވީ ޖޭއެސްސީގެތެރެއަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. އަދި އެ ތަނަށް ނުފޫޒު ފޯރާފައިވަނީ ކުރީގެ ޖަސްޓިސް މިނިސްޓްރީ ޒަމާނުގައި ނުފޫޒު ނުފޯރާ މިންވަރަށް ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.


މީގެ އިތުރުން ޝުޖާއު ވިދާޅުވީ މީގެ ކުރިން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށާއި، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމު ކަފާލާތުގެ ދަށުން ދޫކޮށްލަން ނިންމެވީ ހުރިހާ ފަނޑިޔާރުންގެ މަޝްވަރާއާއެކުގައި ކަމަށެވެ. ނަމަވެސް ރައީސް ޔާމިންގެ މައްސަލައިގައި ތަފާތުކުރުން ގެންގުޅުއްވި ކަަމަށެެވެ. އެ ގޮތުން ރައީސް ޔާމިން ކަފާލާތަށް އެދިވަޑައިގަތުމުން ބެންޗުގެ ބައެއް ބޭފުޅުން ވިދާޅުވީ ”ކަފާލާތަކީ ރާއްޖޭގެ ޤާނޫނާއި، ޝަރްޢީ ނިޒާމު

ދަންނަ އެއްޗެއް ނޫންކަމަށް“ ކަން ޝުޖާއު ފާހަގަކުރެއްވިއެވެ.


ޝުޖާއު ވިދާޅުވީ ހައިކޯޓުގެ އިސް ފަނޑިޔާރުކަމުން އިސްތިއުފާދެއްްވަން ޖެހިވަޑައިގަތީ، ރައީސް ޔާމިންގެ މައްސަލަ ބެލުމުގައި ޢަދުލުވެރިކަމެއް ނެތުމުން ކަމަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page