https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޔާމިނަށްވުރެ ބޮޑު ވަގެއް ރާއްޖެއަކުން ނުދެކެން- ޤާސިމް

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Aug 31, 2021
  • 1 min read

ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމު ވަރުގެ އަނިޔާވެރި ވެރިއެއް އަދި އެހާ ބޮޑު ވަގެއް ދެކެވަޑައިގެންފައިނުވާ ކަމަށް މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޤާސިމް ވިދާޅުވީ، ރައީސް ޔާމިނުގެ ޒަޢާމަތުގައި ކްރިމިނަލް ކޯޓުން އޭނާއަށް ޙުކުމްކުރީ އައިޖީއެމްއެޗުގައި އޮންނަވަނިކޮށް ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.


އެ ގޮތުން ރައީސް ޔާމިނަށްވުރެ، އަނިޔާވެރި ވެރިއެއް އަދި އެހާ ބޮޑު ވަގެއް ދެކެވަޑައިގެންފައިނުވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

”އަޅުގަނޑު ނުދެކެން ހަމަގައިމު ވެސް ރައީސް ޔާމިނަށްވުރެ ބޮޑު އަނިޔާވެެރިއެއް. ބޮޑު ވަގެއް މި ދިވެހިރާއްޖޭގެ ވެރިކަމެއްގައި. އެއްވެސް އިރަކު ވެރިކަމެއް ނުކުރޭ.“ ޤާސިމް ވިދާޅުވިއެވެ.


ޤާސިމް މިފަދަ މޭރުމަކުން ވާހަކަދެއްކެވީ، މި ފަހުން ލީކުވެގެން އުޅޭ ފަނޑިޔާރުންގެ އޯޑިއޯތަކާއި ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ދެއްކެވި ވާހަކައާއި ގުޅިގެންނެވެ.


ޝިޔާމް ވިދާޅުވީ ރައީސް ޔާމިނަށް ޙުކުމްކުރީ ނުޙައްޤުން ކަމަށާއި، ހުކުމްކުރީ ފަނޑިޔާރުންގެ ބޮލުގައި ބަޑި ޖައްސައިގެން ކަމަށްް ވެސް ވިދާޅުވެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page