https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޔާމިނަށް އެކަނި ދަޢުވާކޮށްފައި ނިންމައިލުމަށްވުރެ ދައުލަތް އޮރިޔާންވާނެކަމެއް ނެތް- ނަޝީދު

  • މާހިރު މުޙައްމަދު
  • Aug 15, 2021
  • 1 min read

އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމިން ޢަބްދުލްޤައްޔޫމަށް އެކަނި ދަޢުވާކޮށްފައި ނިންމައިލުމަށްވުރެ ވަކިން ބޮޑަށް ދައުލަތް އޮރިޔާންވާނެކަމެއް ނެތްކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.


ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހަށް ފޮނުއްވި މެސެޖެއްގައެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް ދަޢުވާކޮށް، މައްސަލަ ކޯޓަށް ފޮނުވައިފިނަމަ، ދައުލަތް ”އޮރިޔާންވާނެ“ ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވެފައިވަނިކޮށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި ދަޢުވާތައް ނުކުރެވެންވީ ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި ރައީސް ޔާމިނަށް އެކަނި ދަޢުވާކޮށްފައި ނިންމައިލުމަކީ ވަރަށް ހުތުރުކަމެއްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެއަށްވުރެ ބޮޑަށް ދައުލަތް އޮރިޔާންވާނެކަމެއް ނޯންނާނެކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page