https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ވެމްކޯގެ މުވައްޒަފަކު ގެއެއްގެ ސިޑި މައްޗަށް ކުޑަކަމުދާ ވީޑިއޯއެއް ޢާންމުވެއްޖެ

  • މާހިރު މުޙައްމަދު
  • Sep 26, 2021
  • 0 min read

ވެމްކޯގެ މުވައްޒަފަކު މާލޭގެ ގެއެއްގެ ސިޑި މައްޗަށް ކުޑަކަމުދާ މަންޒަރު ފެންނަ ވީޑިއޯއެއް ޢާންމުވެ، ފާޑުކިޔުންތައް އަމާޒުވުމުން ވެމްކޯއިން ޙަޤީޤަތް ސާފުކޮށްދީފިއެވެ.


ވެމްކޯއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މައްސަލަ ދިމާވި ގެއަށް އެ ކުންފުނީގެ މުވައްޒަފުން ގޮސް، ކަން ހިނގި ގޮތް ބަލައި އެ ގޭގެ މީހުންގެ ކިބައިން މަޢާފަށް އެދިފައިވާ ކަމަށެވެ. ހަމައެހެންމެ އެފަދަ ކަމެއް ތަކުރާރު ނުވާނެހެން ޚިދުމަތްތައް ބައްޓަން ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް ވެމްކޯއިން ބުންޏެވެ. ވެމްކޯއިން ހާމަކުރި ގޮތުގައި މި މައްސަލައިގައި ޝާމިލްވާ މުވައްޒަފަކީ ނުކުޅެދުންތެރިކަމެއް ހުންނަ މީހެކެވެ. އެހެނަސް އެ މުވައްޒަފުގެ ކިބައިން މީގެ ކުރިން އެފަދަ ކަމެއް ފާހަގަވެފައިނުވާ ކަމަށެވެ. ވެމްކޯއިން ބުނީ މައްސަލައިގެ ބާވަތުން ހައުސް ހޯލްޑް އޮޕަރޭޝަނުން އެ މުވައްޒަފު އެކަހެރިކޮށްފައިވާ ކަމަށެވެ. ވެމްކޯއިން ވަނީ، މި މައްސަލަ ބަލަމުންދާ ދަނޑިވަޅެއްގައި ޙަޤީޤަތް އޮޅޭނެ މޭރުމަކުންނާއި، އެ ކުންފުނީގެ މުވައްޒަފަކަށް ކުޑައިމީސްވާ ގޮތަށް ޚަބަރު ނުފެތުރުމަށް މީޑިއާގެ ވަސީލަތްތަކަށް ގޮވައިލާފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page