ވީއައިޕީންނަށް ދޭ ސެކިއުރިޓީ ޚިދުމަތްތައް ވިލަރެސްކުރުމަށް އެމެރިކާގެ ކޮންސަލްޓަންޓެއް ރާއްޖެއަށް
- މާހިރު މުޙައްމަދު
- Oct 13, 2021
- 1 min read

ދިވެހި ރާއްޖޭގެ ދިފައީބާރުން ވީއައިޕީންނަށް ފޯރުކޮށްދޭ ސެކިއުރިޓީ ޚިދުމަތްތައް ވިލަރެސްކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެމެރިކާގެ ކޮންސަލްޓަންޓެއް ރާއްޖެ ގެނެސްފިއެވެ.
އެމެރިކާގެ ވީއައިޕީ ސެކިއުރިޓީ ކޮންސަލްޓަންޓް ޝީމަސް މިއުލަރ ރާއްޖެ ވަޑައިގެންފައިވާ ކަމަށާއި ޑިފެންސް މިނިސްޓަރު މާރިއާ އަޙްމަދުދީދީއާއި އޭނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
”މިއުލަރ މާލެ ވަޑައިގެން އުޅުއްވަނީ ވީއައިޕީންނަށް ދޭ ސެކިއުރިޓީ ޚިދުމަތްތައް ވިލަރެސް ކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް.“ ޑިފެންސް މިނިސްޓްރީން ބުނެއެވެ.
ދިވެހި ދައުލަތުގެ އިސް ބޭފުޅުންނަށް ސެކިއުރިޓީގެ ފޯރުކޮށްދެމުން ގެންދަނީ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕުންނެވެ.








Comments