ވަޒަންތަކެއް ފެނިގެން ހައްޔަރުކުރި ފަތުރުވެރިޔާގެ ބަންދަށް އިތުރު 4 ދުވަސް
- Goal mv
- Jul 16, 2021
- 1 min read

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ވަޒަންތަކެއް ފެނިގެން ހައްޔަރު ކުރި ފަތުރުވެރިޔާގެ ބަންދަށް އިތުރު 4 ދުވަސް ޖަހައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާގެ ބަންދަށް އޭރު ދިން މުއްދަތު ހަމަވެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 4 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ ވަޒަން ފެނިފައިވަނީ ނެމީބިއާގެ 60 އަހަރުގެ ފަތުރުވެރިއެއްގެ ދަބަހުން ކަމަށެވެ. ނެމީބިޔާއަކީ އެފްރިކާގެ ހުޅަނގު ދެކުނު ބިތުގައިވާ ޤައުމެކެވެ.
އެ މައްސަލަ ފުލުހުންނަށް ލިބިފައި ވަނީ މި މަހުގެ 10ވީ ހޮނިހިރު ދުވަހުގެ ހެނދުނު 9:52 ހާއިރު ކަމަށާއި، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ރާއްޖޭގައި އާންމުން މިގޮތަށް ވަޒަން ފަދަ ތަކެތި ގެންގުޅުމަކީ ގާނޫނާ ޚިލާފު ކަމެކެވެ. އަދި އެފަދަ ތަކެތި ރާއްޖެ އެތެރެކުރުމަކީ ވެސް މަނާ ކަންކަމެވެ.








Comments