https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ވަރަށްސާފު، ބަރުލަމާނީ ނިޒާމަށް ރާއްޖެއަކު ޖާގައެއްނެތް- މައުމޫން

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jul 6, 2021
  • 1 min read

ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއްނެތްކަމަށް، ކުރީގެ ރައީސް އަލްއުސްތާޒު މައުމޫނު ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.


ރައީސް މައުމޫނު މިހެން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުން ގެނެސްދޭ ”އާސްކް ސްޕީކާ“ ޕްރޮގްރާމުގައި، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބަރުލަމާނީ ނިޒާމުގެ ވާހަކަ ދައްކަވައިފައިވަނިކޮށެވެ.


މިކަމަށް ޢިޝާރަތްކުރައްވައި ރައީސް މައުމޫން މިއަދު ވިދާޅުވީ، ދިވެހިރާއްޖޭގެ ހާލަތާއި އެންމެ ގުޅޭ, ރާއްޖެއަށް އެންމެ ފައިދާހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައިވަނީ ވެސް ހަމަ ރިޔާސީ ނިޒާމުކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.


”ވީމާ ބަރުލަމާނީނިޒާމަކަށް ރާއްޖެއަކު ޖާގައެއްނެތް. ވަރަށްސާފު.“ ރައީސް މައުމޫން ވިދާޅުވިއެވެ.


މި އަހަރުގެ އޭޕްރީލް މަހުގައި ރައީސް ނަޝީދު ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށާއި، ބޮޑުވަޒީރުކަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ރައީސް ޞާލިޙަށް މެސެޖެއް ފޮނުއްވައިފައެވެ. ޖަވާބުދެއްވަމުން ރައީސް ޞާލިޙް ވަނީ މިހާރު ޢަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން ޢަމަލުކުރުމަށް ނިންމާފައިވާ ގޮތެެއްކަމަށެވެ.


އެހެންކަމުން އެކަމަށް ބަދަލެއް ގެނެވޭނީ ޢާންމު ރައްޔިތުންގެ ވޯޓަކުންކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page