ވަޅިޖަހައި މީހަކު ޒަޚަމްކޮށްލައިފި
- ޙުސައިން އަޙުމަދު

- Jul 11, 2021
- 1 min read

މާލޭގައި ހިންގި މާރާމާރީއެއްގައި ވަޅިން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފިއެވެ.
މި މާރާމާރީ ހިންގީ ރޭ 22:00 ވާން ގާތްވެފައިވަނިކޮށް ކަރާގެ ގޯޅި ސަރަހައްދަށް އައި ގޭންގަކުންނެވެ.
ސައިކަލުތަކެއްގައި އެ ސަރަހައްދަށް ދިޔަ ގޭންގްސްޓާރުން ވަނީ އެ ސަރަހައްދުގައި ހުރި މީހެއްގެ ބޮލަށް ވަޅިޖެހުމަށްފަހު ފިލައިގެން ގޮސްފައިކަމަށް ވެސް މަންޒަރު ދުށް ފަރާތަކާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ. މާރާމާރީއާއި ގުޅިގެން ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.








Comments