ވަޅިޖެހި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދަށް
- މާހިރު މުޙައްމަދު
- Aug 30, 2021
- 1 min read

ޒުވާނެއްގެ ކަރަށް ވަޅި ހަރައި ޒަޚަމްކޮށްލި މައްސަލައާއި ގުޅިގެން އެކަކު ހައްޔަރުކޮށް، ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ޢަމުރުކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހު ތޫނު އެއްޗަކުން ހަމަލާދީ، މީހަކު ޒަޚަމްކޮށްލި މައްސަލައާއި ގުޅިގެން އިއްޔެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ޢަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެެެެެެއެވެ. ހަމައެހެންމެ މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ. ސޯސަންމަގުގައި ހުންނަ ރޯޝަނީ ބިލްޑިންގް ކައިރީގައި ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދިނީ މި މަހުގެ 25 ވަނަ ދުވަހުގެ 10:13 ހާއިރުގައެވެ. މި މާރާމާރީގައި ޒަޚަމްކޮށްލާފައި ވަނީ 21 އަހަރުގެ ޒުވާނެކެވެ. ޒަޚަމްވި ޒުވާނާ އޭނާގެ ލޯބިވެރިޔާއާއެކު ސައިކަލުގައި ދުއްވާފައި ގޮސް ސޯސަންމަގު ކޮޅުގައި ހުންނަ މިސްކިތް ކައިރީ މަޑުކޮށްލި ވަގުތު ދެ ސައިކަލެއްގައި އައި 3 މީހަކު އެ ދެ މީހުން ވަށައިލުމަށްފަހު ވަޅިޖެހީ ޒުވާނާގެ ކަރަށެވެ. އެ ގޮތުން ޒުވާނާގެ ކަރުގެ ވައަތް ފަރާތުގައި ހުރި ނާރުތައް ބުރިވެ، ނޭވާ ހޮޅި ވެސް ފޫގޮސްފައިވާކަމަށް ޢާއިލާއިން ވަނީ ބުނެފައެވެ.








Comments