ވަގަށްނެގި ސާމާނު ހޯދައި މީހަކު ހައްޔަރުކޮށްފި
- ޙުސައިން އަޙުމަދު

- Jun 27, 2021
- 1 min read

އެވްރިވަން ލަރނިންގ ސެންޓަރުން ވަގަށްނެގި އިލެކްޓްރޯނިކްސް ސަމާނުތަކެއް ހޯދައި، މީހަކު ހައްޔަރުކޮށްފިއެވެ.
މި މަހުގެ 24 ވަނަ ދުވަހު ހިތަދޫ އެވްރިވަން ލަރނިންގ ސެންޓަރުން ވައްކަންކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމުން ފުލުހުން އޮޕަރޭޝަނެއް ހިންގިއެވެ.
އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހިތަދޫގެ 2 ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، އެވްރިވަން ލަރނިންގ ސެންޓަރުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޮމްޕިއުޓަރ ސިސްޓަމަކާއި، އިލެކްޓްރޯނިކްސް ސަމާނު އެ 2 ގެއިން ފެނިފައިވާ ކަމަށްް ފުލުހުން ބުނެއެވެ.
އެ މައްސަލައިގައި 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.








Comments