ވެކްސިންގެ 2 ޑޯޒް ޖެހި މީހުންނަށް ކަރަންޓީން ނުވެ ރަށަށް ދެވޭނެ
- ޙުސައިން އަޙުމަދު

- Jul 7, 2021
- 1 min read

ކޯވިޑް 19 އިން ދިފާއުވުމަށް ރާއްޖޭގައި ޖަހަމުން އަންނަ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައި ތިބި މީހުންނަށް ކަރަންޓީން ނުވެ ރަށަށް ދެވޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަބްރޫކް ވިދާޅުވީ، ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައި ތިބި ފަރާތްތަކަށް މޮނިޓަރިން ހާލަތުގައި ނެތް ރަށްތަކަށް ދަތުރު ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ. އެހެންނަމަވެސް އެމީހުން ދަތުރުކުރަން ޖެހޭނީ ޕީސީއާރު ޓެސްޓް ނައްސި ނަތީޖާއަކާ އެކު ކަމަށްވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، މާލެ ސަރަހައްދުގައި ޕޮޒިޓިވިޓީ ރޭޓް ފަސް އިންސައްތައިގައި ހުންނަ ނަމަ، ދެ ޑޯޒް ޖެހި މީހުންނަށް ކަރަންޓީންއަކާ ނުލައި މޮނިޓަރިންގެ ނެތް ރަށަށް ދެވޭނެ ކަމަށާއި، އެކަމަކު މާލެ ސަރަހައްދުގައި ޕޮޒިޓިވިޓީ ރޭޓް ފަސް އިންސައްތަ އާއި 10 އިންސައްތައިގައި ހުންނަ ދުވަސްވަރު ދެ ޑޯޒް ޖަހާފައިވާ މީހުން ރަށަކަށް ދާނަމަ، ހަތް ދުވަސް ވަންދެން އެ ރަށެއްގައި ކަރަންޓީން ވާން ޖެހޭނެ ކަމަށެވެ.
ފިޔަވަޅުތަކަށް ސަރުކާރިން ލުއި ދީފައިވާއިރު، ރާއްޖޭގައި މި ފަހުން ކޯވިޑް އަށް ފައްސިވާ މީހުންގެ އަދަދު ވަނީ ބޮޑު ތަނުން ދަށްވެފައެވެ.








Comments