https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ޔޫރަޕަށް ދަތުރު ކުރެވޭނެ

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jul 2, 2021
  • 1 min read


ކޮވިޝީލްޑް ވެކްސިން ޖަހާފައިވާ މީހުންނަށް ޔޫރަޕްގެ ބައެއް ގައުމުތަކަށް ދަތުރު ކުރެވޭ ގޮތަށް ނިންމައިފިއެވެ.


އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްް ވެކްސިން ޖަހާފައިވާ މީހުންނަށް ޖަރމަނީއާއި ސްޕެއިން ހިމެނޭ ގޮތަށް ޔޫރަޕްގެ 9 ގައުމަކަށް ދަތުރުކުރެވޭނެކަން އިންޑިއާގެ ފޮރިން މިނިސްޓްރީން ބުރާސްފަތި ދުވަހު ވަނީ ހާމަކޮށްފައެވެ. ޔޫރަަޕިއަން ޔޫނިއަންގެ ވެކްސިން ޕާސްޕޯޓް ޕްރޮގްރާމްގައި ކޮވިޝީލްޑް ވެކްސިން ނުހިމެނޭތީ އިންޑިއާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި ޔޫރަޕްގެ ގައުމުތަކުން އިންޑިއާއަށް މީހުން އެތެރެ ނުކުރެވޭނެ ކަމަށްވެސް އެ ގައުމުންވަނީ ބުނެފައެވެ. އިންޑިއާގެ އާބާދީގެ ބޮޑުބަޔަކަށް ކޮވިޝީލްޑާއި، ކޮވެކްސިން ޖަހާފައިވާއިރު ޔޫރަޕުން އެ ވެކްސިން ބަލައި ނުގަތުމަކީ އިންޑިއާގެ ރައްޔިތުންނާމެދު ތަފާތުކުރުން ގެންގުޅުން ކަމަށް އިންޑިއާއިންވަނީ ބުނެފައެވެ.


ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ޔޫރަޕަށް ދަތުރު ކުރެވޭ ގޮތަށް ޔޫރަޕިއަން ޔޫނިއަނުންވަނީ ލުއިތަކެއް ދީފައެވެ. ވެކްސިން ޕާސްޕޯޓް ޕްރޮގްރާމްގައި ހިމަނާފައިވަނީ ހުޅަނގުގެ ގައުމުތަކުގައި އުފައްދާފައިވާ ވެކްސިނެވެ. އެއީ، މޮޑާނާ، ފައިޒާ، ޖޯންސަން އެންޑް ޖޯންސަން އަދި އެސްޓްރަޒެނަކާއެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ކޮވިޝީލްޑް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް އޮސްޓްރިއާ، ޖަރމަނީ، ސްލޮވޭނިއާ، ގްރީސް، އިސްލެންޑް، އަޔަރލެންޑް، ސްޕެއިން އަދި ސްވިޒަރލެންޑަށް ދަތުރު ކުރެވޭނެކަން އެގައުމުތަކުން އަންގާފައިވާ ކަމަަށެެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page