ބޮޑު މުސާރަ ލިބޭ ސަރުކާރުގެ މަޤާމަކަށް މީހަކު ހޯދަން އިއުލާންކޮށްފި
- ޙުސައިން އަޙުމަދު

- Jun 23, 2021
- 1 min read

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
އެކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތި ލުމަށް ހުޅުވާލާފައި މިވަނީ، މިމަހުގެ 15 ވަނަ ދުވަހު އެކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި، އަހުމަދު ޝަރީފް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ރައީސް އޮފިހުން މިއަދު ކުރެއްވި އިއުލާނެއްގައި ބުނެފައިވަނީ، އެކޮމިޝަންގެ ހުސްވެފައިވާ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައި ވާކަމަށެވެ.
އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 ޖުލައި 6 އަދި 7 ވަނަ ދުވަހު، ހެނދުނު 10:30 އިން މެންދުރު 12:30 އާ ދެމެދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އިއުލާނުގައި ބުނެފައިވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.








Comments